ފަސް ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ފަސް ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

Author
މުޙައްމަދު ޖިމީ
07 އޮގަސްޓް 2021 09:11
0

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަސް ރަށެއގައި ފަށައިފިއެވެ.

ބައި އިލެކްޝަން މިއަދު ކުރިއަށް ގެންދާ ރަށްތަކަކީ، ނ.ކެނދިކުޅުދޫއާއި، ނ.މަގޫދޫއާއި، ހދ.ނޮޅިވަރަމާއި، ކ.ދިއްފުށި އަދި އއ.ފެރިދޫއެވެ. މީގެ ތެރެއިން މަގޫދޫގައި ވަނީ އިންތިޚާބުގެ އިންވަނަ ބުރެކެވެ. އެއީ ތިންވަނަ ބުރެއް ބާއްވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިިޚާބުގެ ބައި އިލެކްޝަންގައި ވާދަކުރި ދެ ކެނޑިޑޭޓެއްގެ ވޯޓު އެއްވަރުވުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ،، ފަސް ރަށެއްގައިވެސް ހެނދުނު 8 ޖެހުމާއެކު ވޯޓުލުން ފެށިގެން ކުރިއަށްދާކަމަށެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން މެންދުރުފަހު 3 ޖެހުމާއި ހަމައަށެވެ. މި އިންތިޚަބުގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީންގައި ތިބޭ މީހުން ވޯޓުލުމަށް ޚާއްޞަކޮށްފައިވަނީ މެންދުރުފަހު 2 އިން 3އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ފަސް ރަށުގައި ކުރިއަށްދާ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުން މިރޭ އޮންނާނެކަމަށެވެ. މި އިންތިޚާބުގެ ފަސް ރަށުގެ ވަގުތީ ނަތީޖާވެސް އިއުލާންކުރާނީ އއ.ފެރީދޫގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ކައުންސިލް އިންތިޚާބު ފުރަތަމަ ބާއްވާފައިވަނީ އޭޕްރީލް 10ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.