ބޮލީވުޑްގެ ޒުވާން ތަރި ޖާންވީ ކަޕޫރު އޭނާގެ ކުރިއަށް އޮތް ފިލްމްގެ ޝޫޓިންގ ފަށައިފިއެވެ.
މި ފިލްމަކީ މަލަޔާލަމް ފިލްމް "ހެލަން"ގެ ހިންދީ ރިމޭކެކެވެ. މި ފިލްމް އިއުލާން ކޮށްފައިވަނީ މިދިއަ އަހަރުއެވެ.
ރިޕޯޓްތަށް ބުނާގޮތުގައި "ހެލަން" ފިލްމް ގައި ޖާންވީ ކުޅޭ ކެރެކްޓާގެ ނަމަކީ މިލީއެވެ. އެހެންކަމުން ފިލްމަށް ދޭނެ ކަމަށް ބެލެވޭ ނަމަކީވެސް "މިލީ" އެވެ. ކެނެޑާއަށް ބޭސްވެފައިވާ ވާހަކައަކަށް ބިނާކޮށް މިފިލްމު ހެދިނަމަވެސް އިންޑިއާގައި މުޅި ފިލްމު ޝޫޓްކުރަން ނިންމީ ކޯވިޑް-19ގެ ސަބަބުން ގައުމު ތަކަށް ދަތުރު ކުރުމަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުންނެވެ.
މި ފިލްމް ޕޮރޮޑިއުސް ކުރަނީ ޖާންވީގެ ބައްޕަ ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯއިންނެވެ. ފިލްމް ޑަަަައިރެކްޓް ކުރާނީ އޮރިޖިނަލް ފިލްމްވެސް ޑައިރެކްޓް ކުރި މަތުކުއްޓީ ޒަވިއާއެވެ.
ޖާންވީގެ ކުރިއަށް ހުރި ފިލްމް ތަކުގެ ތެރޭގައި "ދޯސްތާނާ 2″ އާއި "ގުޑް ލަކް ޖެރީ" ހިމެނެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކާމިޔާބު ފިލްމު "ގުންޖަން ސަކްސޭނާ" އާއި ހޮރޯ ކޮމެޑީ "ރޫހީ" އިންނެވެ.