"ލަވް ހޯސްޓެލް"ގެ ޝޫޓިން ނިންމާލައިފި

"ލަވް ހޯސްޓެލް"ގެ ޝޫޓިން ނިންމާލައިފި

Author
ފާތިމަތު ނާވީ
05 އޮގަސްޓް 2021 07:14
0

ޝާހުރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސް ކުރާ ވެބް ފިލްމް "ލަވް ހޮސްޓެލް" ގެ ޝޫޓިންގ ނިންމާލައިފިއެވެ.

މި ފިލްމުން ބޮބީ ޑިއޯލް، ސާނިއާ މަލޯތްރާ އަދި ވިކްރާންތު މަސީ ފެނިގެން ދާނެއެވެ.

ހޮނިހިރު ދުވަހު ފިލްމުގެ ޝޫޓިންގ ނިންމާލުމަށްފަހު ވިކްރާންތު ވަނީ އިންސްޓަަގްރާމުގައި މިކަން އިއުލާން ކޮށްފައެވެ. މި ކަން އިއުލާން ކުރުމަށް އޭނާ، ޕޯސްޓް ކޮށްފައިވާ ފޮޓޯގައި ބޮބީ އަދި ސާނިއާގެ އިތުރުން ޑައިރެކްޓަރު ޝަންކަރް ރަމަން ވެސް ފެނިގެން ދެއެވެ.

މުމްބާއީގެ އިތުރުން ބޯޕާލް އާއި ޕަޓިއާލާގައި މަންޒަރުތައް ނެގި "ލަވް ހޯސްޓެލް" އަކީ ކްރައިމް ތުރިލާއެކެވެ.

 

View this post on Instagram

 

A post shared by Vikrant Massey (@vikrantmassey)

މި ފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ ރެޑް ޗިލީސް އެންޓަޓެއިންމަންޓާއި މަނީޝް މުންދުރާގެ ދްރިޝްޔާމް ފިލްމްސް އިންނެވެ. މީގެ ކުރިންވެސް ބޮބީ ވަނީ ރެޑް ޗިލީސް އާއި ނެޓްފްލިކް ގުޅިގެން ގެނެސްދިން "ކްލާސް އޮފް 83″ ގައި މަސައްކަތް ކޮށްފައިއެވެ.

"ލަވް ހޯސްޓެލް" ރިލީޒް ކުރާނެ ތަރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ކޯވިޑް-19ގެ ސަބަބުން ތިއޭޓާތަށް ބަންދުކުރުމާއި ގުޅިގެން މިހާރު އޮންލައިން ޕްލެޓްފޯމްތަކުގައި ފިލްމް ރިލީޒް ކުރުމަކީ އާންމު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.