އެންމެފަހުން ޕާޓީ އުފެއްދުމުގެ ހުއްދަ ކަމާލުއްދީނަށް ދީފި

އެންމެފަހުން ޕާޓީ އުފެއްދުމުގެ ހުއްދަ ކަމާލުއްދީނަށް ދީފި

Author
މުޙައްމަދު ޝަޒައިމް
03 އޮގަސްޓް 2021 08:13
0

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުމް)ގެ މެމްބަރުކަމުން ވަކި ކުރުމަށްފަހު ސިޔާސީ ޕާޓީއެއް އުފައްދުމުގެ ހުއްދަ އަބްދުﷲ ކަމާލުއްދީނަށް ދެއްވައިފިއެވެ.

ކަމާލުއްދީނަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި، ހުއްދަ ދީފައިވަނީ އިއްޔެއެވެ. ކަމާލުއްދީނަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އަބްދުﷲ ކަމާލުއްދީން ހުށަހެޅި ފޯމަކީ ބާޠިލް ކުރުމަށްފަހު، ދެވަނަ ފަހަރަށް އެދުމުން ޝަރުތަތައް ފުރިހަމަ ވުމުންނެވެ.

ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ކަމާލުއްދީން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ޕާޓީ ހެދުމުގެ ހުއްދަދޭތާ 3 މަސް ދުވަހުގެ ތެރޭގައި 3،000 މީހުންގެ ސޮޔާއިއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.

ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ 5 މެމްބަރުން ހިމެނޭހެން އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އިސްކޮށް ހުންނަވައިގެން ގެންދަވަނީ ކުރައްވަމުންނެވެ. ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.