ޖާންވީގެ ފުރަތަމަ މުސާރަ ހުސްކުރީ ކިހިނެއްކަން އެނގޭތަ؟

ޖާންވީގެ ފުރަތަމަ މުސާރަ ހުސްކުރީ ކިހިނެއްކަން އެނގޭތަ؟

ބޮލީވުޑްގެ އެންމެ މަގުބޫލުއެއް ބަތަލާ ޝްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ބޮލީވުޑަށް ނިކުމެފައިވަނީ 2018 ވަނަ އަހަރު ފިލްމް "ދަޅަކް" އިންނެވެ.

ޕީކޮކް މެގަޒިނަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން އަރަމުންއަންނަ ބަތަލާ ޖާންވީ، އޭނާ ފުރަތަމަ މުސާރައިން ކުރީ ކީއްކަން ވަނީ ކިޔައިދީފައެވެ. އެގޮތުން އޭނާ ބުނެފައިވާ ގޮތުގައި ފުރަތަމަ މުސާރައިން އޭނާ ގަތީ ނިޔުޔޯކަށް ދިއުމަށް ޓިކެޓެއް ކަމަށެވެ.

މީގެ އިތުރުން ވެސް ތަފާތު ވާހަކަތަށް އޭނާ ވަނީ ކިޔައިދީފައެވެ. އެގޮތުން އޭނާއަށް އެންމެ ކަމުދާ އައުޓްފިޓަކީ ގަޔަށް ހެޔޮވަރު ކަޅު ހެދުން ކަމަށްވެސް ވަނީ ބުނެފައިއެވެ. ކައިވެންޏާ މެދު ވާހަކަ ދައްކަމުން ޖާންވީ ބުނެފައިވާ ގޮތުގައި އޭނާގެ ކައިވެނީ އޮންނާނީ ތިރުޕަތީގައެވެ. މެހެންދީ އާއި ސަންގީތު އޮންނާނީ މޭލަޕޫރުގެ ގޭގައިކަމަށް ޖާންވީ ވަނީ ބުނެފައެވެ. ބެލެވޭ ގޮތުގައި އެއީ ޝްރީދޭވީގެ މުސްކުޅި ގެއެވެ. އަދި އޭނާގެ ކައިވެނީގައި ރިސެޕްޝަން ބޭނުން ނުވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކައިވެންޏާއި ބެހޭގޮތުން ޖާންވީ ވާހަކަ ދެއްކިނަމަވެސް އޭނާއާ ގުޅުވައިގެން އެއްވެސް ސީރިއަސް ލޯބީގެ ގުޅުމެއްގެ ވާހަކަ މިހާތަނަށް އަދި ފެންމަތި ވެފައިއެއް ނުވެއެވެ. އަދި އޭނާ ވެސް ކައިވެންޏެއް ކުރުމަށްވުރެ މިވަގުތު ހުރީ ކެރިއަރަށް ފޯކަސްކޮށްގެންނެވެ.

ޖާންވީގެ ކުރިއަށް ހުރި ފިލްމް ތަކުގެތެރޭގައި "ދޯސްތާނާ 2″ އާއި އާނަންދު އެލް ރާއީ ގެ "ގުޑްލަކް ޖެރީ" ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *