އިންތިޚާބާއި ދިމާކޮށް، ޖާޑިން ނިކުންނަން އުޅޭނެކަމެއްނެތް، ހޭވިހަޑިން ދެން ސަލާމަތެއްނުވާނެ: ސައީދު

އިންތިޚާބާއި ދިމާކޮށް، ޖާޑިން ނިކުންނަން އުޅޭނެކަމެއްނެތް، ހޭވިހަޑިން ދެން ސަލާމަތެއްނުވާނެ: ސައީދު

Author
މުޙައްމަދު ޝަޒައިމް
30 ޖުލައި 2021 01:14
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް، ވެރިކަމުން ކުރަމުންދާ ކޯލިޝަންގައި ތިއްބެވި ބޭފުޅުން، ކޯލިޝަނާއި ފެޔަށްޖެހި، ސިޔާސީ ޕާޓީ ހައްދަވައި ވެރިކަމަށް އައުމަށް މަސައްކަތް ކުރިނަމަވެސް ދިވެހި ރައްޔިތުންނެއް މިބޭފުޅުންދެކެނީ އެއް ޖާޑީއެއްގައި ތިބި އެއްބައެއްގެ ގޮތުގައިކަމަށް ޕީއެންސީގެ ނާއިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިސަރުކާރާއިއެކު މިވީހާ ދުވަހު ތިބި ބަޔަކު، ރިޔާސީ އިންތިޚާބު ގާތްވާ ވަރަކަށް ދުރުވެ ވަކި ސިޔާސީ ޕާޓީތައް ހައްދަވައި ރައްޔިތުންނަށް އެހެން މަންޒަރެއް ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކުރާކަމަށް ދިވެހި ރައްޔިޔުން ދެން ޖާގަ ނުދޭނެކަމަށެވެ. ސިޔާސީ ގޮތުން އެއް އުރައެއްގައި، އެއް ޖާޑީއެއްގައި އެތައް ދުވަހު މަސައްކަތްކޮށް، އިންތިޚާބު ގާތްވުުމުން ތިމާއަށްވެސް ވެރިކަން ކުރެވިދާނެކަންދެކި ކުރަމުންދާ މަސައްކަތަކީ ރައްޔިތޔުންނަށް ހެޔޮ އެދިގެން ކުރާ ކަމެއްނޫންކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އިންތިޚާބު ބޯމަތިވުމުން ސަރުކާރުން ދުރުވާން އުޅުނަސް ދެން އެފުރުސަތެއް ނެތްކަމަށެވެ. ދިވެހި ރައްޔިތުން ނިންމައިގެން ތިބީ ކޯލިޝަންގައި މިވީހާދުވަހު މަސައްކަތް ކުރި މީހުންނަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތައި އިސްތިޤުލާލު ވިއްކާލުމަށް އާބަސް ބުނެގެން ތިބި ބައެއްގެ ގޮތުގައިކަމަށެވެ. އަދި ވެރިކަމުގެ ތެރޭގައި ރައްޔިތުންނަށް ކުރިމަތިވާ ހިތްދަތިކަންތައްތަކަށް އެއްވެސް އަޅާލުމެއްނެތި ތިބި މީހުންނަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް ނޯޅޭކަމަށް ސައީދު ވިދާޅުވިއެވެ.

އިންތިޚާބު ކައިރިވަމުންދާތީ ސަރުކާތުން ކުރާ ކަންކަމާއި ދުރުވާން އުޅުނަސް ދެން ނުވާނެ. ރައްޔިުތުން ނިންމައިފި ހުރިހާ ބޭފުޅުންތިބީ އެެއްޖާޑީ އެއްގައިކަން. މިއަދު ތީގައިން ރެކެން އުޅޭނެ ކަމެއްނެތް. ދެންވާނީ ފަލީހަތް.

– ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ދިވެހި ރައްޔިތުންނާއި، އަދި މިސަރުކާރުގެ ކޯލިޝަންގައި ތިއްބވެި ހުރިހާ ސިޔާސީ ލީޑަރުންވެސް ރައީސް ޔާމީން ނޫނީ ސިޔާސީ ގޮތުން އެއް މިސްރާބަކަށް ހުންނެވި ބޭފުޅަކު ނެތްކަމަށް ގަބޫލު ކުރައްވާކަމަށެވެ. ރައީސް ޔާމީނަކީ ސިޔާސީ ގޮތުން ކަންތައްތަކެއް ހާސިލް ކުރުމަށް އެމަނިކުފާނު ގަބޫލުކުރާ އަސާސްތަކާއި، އުސޫލުތައް ދޫކޮށް ވަޑައި ގަންނަވާނެ ބޭފުޅެއް ނޫންކަން ނުހައްގުން ޖަލުގައި ހޭދަކުރަން ޖެހުނު 608 ދުވަހުންވެސް ހާމަކޮށްދެއްވަފައި ވާކަމަށެވެ. ރައީސް ޔާމީންގެ ސިޔާސީ މަސައްކަތަކީވެސް އަދި އަޒުމަކީވެސް ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށާއި، އެއަޒުމަކަށް އެއްވެސް ބަދަލެއް ނާންނަކަމަށް ސައީދު ވިދާޅުވިއެވެ.

ކޯލިޝަންގެ ޖާޑީގައި ތިބި ބައެއް ބޭފުޅުން، އިބްރާހިމް މުހައްމަދު ޞާލިހުގެ ފަހަތުގައި ނޫންކަމަށް ބުނުމުން ނުފުދޭ. ހުރިހާ ސިޔާސީ ޕާޓީއަކުން ގަބޫލުކޮށްފި ރައީސް ޔާމީން ނޫން މީހަކަށް މިޤައުމު ހަމަ މަގަށް ނޭޅުވޭނެކަމަށެވެ. ޕީޕީއެމްއަކީ ރާއްޖެ ބިނާކޮށް، މުއްސަދިކޮށް އުމްރާނީ ތަރައްޤީ ދިވެހި ރައްޔިުންނަށް ގެންނާގެ ޤައުމީ ރައްޔިތުންގެ ޕާޓީ. ރައީސް ޔާމީންގެ އަމާޒަކީ ރާއްޖެއަށް ގެންނަ ބޭނުންވި ތަރައްޤީއާއި ކުރިއެރުން ޤައުމަށް ގެނެސްދެއްވުން.

– ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް މިއަދު ކުރިމަތިވެފައިވާ ނުރައްކަލާއި، ރައްޔިތުން އުޅެމުންދާ ދަތިހާލުގެ ޒިންމާ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ހުރިހާ ސިޔާސީ ލީޑަރުން ނަގަން ޖެހޭނެކަމަށް ސައީދު ވިދާޅުވިއެވެ. އިންތިޚާބު ކައިރިވެ މިކަމުން ރެކެން ދެން އުޅުނަސް ރައްޔިތުން އެކަމެއް ދެނެއް ގަބޫލު ނުކުރާނެކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަދުރު
ތުރާކުނު ސައީދުއަކީ ޔާމީނު އަށްނަސޭހަތް ދީގެން ރަށްޔިތުން ފެލަން ކާޑުގެ ބާވަތް ހަނޑޫ ހަކުރު ފުށް އަގުބޮޑު ކުރިމީހުން ދެންވެރިކަމަށް ޔާމީނުހޮވީމާވެސް ހަނޑޫ ހަކުރު ފުށް އަގުބޮޑުކޮށް ނުހަށްގުން ޖަލަށް އަޅާނެ ވަރަށްސާފް