އުފަންދުވަހާއި ދިމާކޮށް "ކޭޖީއެފް: ޗެޕްޓަަރ 2″ ގައި ސަންޖޭ ދަތު ފެނިގެންދާގޮތުގެ ޕޯސްޓަރެއް ދައްކާލައިފިއެވެ.
ބުރާސްފަތި ދުވަހު ފާހަގަކުރި ސަންޖޭގެ 62 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަރުގައި ފެނިގެންދަނީ "ކޭޖީއެފް: ޗެޕްޓަަރ 2″ގައި އޭޏާ ފެނިގެންދާނެ ވަރުގަދަ ކެރެކްޓަރގައިއެވެ.
އެގޮތުން ޕޯސްޓަރުގައި ސަންޖޭ ދަތު ފެނިގެން ގޮސްފައިވަނީ ވަރަށް ތަފާތު ގޮތަކަށް އިހުގެ ހަނގުރާމަ މަތީ ހެދުމެއްގައި، ފިލްމުގައި އޭނާގެ ކެރެކްޓަރ "އަދީރާ"ގެ ނަމުގައެވެ.
"ކޭޖީއެފް"އަކީ އާންމުގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ފިލްމެކެވެ. އެހެންކަމުން ފިލްމުގެ 2 ވަނަ ބަޔަށް ގިނަބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
ސައުތު އިންޑިއާގެ ކަންނާޑާ މި ފިލްމުގައި ސަންޖޭގެ އިތުރުން ބޮލީވުޑްގެ އިތުރު ތަރިއެއް ކަމުގައިވާ ރަވީނާ ޓަންޑަން ވެސް ފެނިގެން ދާނެއެވެ. އަދި "ކޭޖީއެފް"އިން ބޮޑު މަގުބޫލު ކަމެއް ހޯދި ސައުތުގެ ތަރި ޔަޝް މި ފިލްމުގެ ލީޑްރޯލުން ފެނިގެން ދާނެއެވެ.
މިހާރުވެސް ބޮލޮކްބާސްޓާއެއްގެ މަގާމު ދީފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ޕްރަޝާންތު ނީލް އެވެ. ފިލްމް އެޅުވުން ލަސްވަމުން ގޮސްފައިމިވަނީ ކޯވިޑް-19 ގެ ސަބަބުންނެވެ. މިހާރު ފިލްމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު ފިލްމް އަޅުވާނެ ދުވަހެއް އަދި ތާވަލު ކޮށްފައެއް ނުވެއެވެ.