ބަލިވެ އިންކަން އިއުލާން ކުރުމަށްފަހު އެވެލީން ބޭބީ ބަމްޕް ފެންނަ ފޮޓޯއެއް ދޫކޮށްލައިފި

ބަލިވެ އިންކަން އިއުލާން ކުރުމަށްފަހު އެވެލީން ބޭބީ ބަމްޕް ފެންނަ ފޮޓޯއެއް ދޫކޮށްލައިފި

Author
ފާތިމަތު ނާވީ
28 ޖުލައި 2021 08:25
0

"ޔޭ ޖަވާނީ ހެ ދިވާނީ" އިން ފެނިގެން ދިއަ ބޮލީވުޑްގެ އެކްޓްރެސް އެވެލީން ޝަރުމާ ބަލިވެއިންކަން އިއުލާން ކޮށްފައިވަނީ މީގެ 2 ހަފްތާ އެއްހާ ދުވަސް ކުރިންނެވެ.

ބަލިވެ އިންކަން އިއުލާން ކުރުމުގެ މަހެއްހާ ދުވަސް ކުރިން އެވެލީން ކައިވެނި ކުރި ކަމުގެ ޚަބަރާއެކު ވެޑިންގެ ޑްރެސްގައި އޭނާ ފެނިގެން ދިއަ ފޮޓޯތަކެއް ވަނީ ވައިރަލް ވެފައެވެ.

 

View this post on Instagram

 

A post shared by Evelyn Sharma (@evelyn_sharma)

ކައިވެނީގެ ކުރިން ބަލިވެ އިން އެވެލީން ވިހާނެ ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް އޭނާ މިހާރު އިނީ ވިހަން ވަރަށް ކައިރި ވެފައި ކަމަށް ރިޕޯޓްތަށް ބުނެއެވެ.

 

View this post on Instagram

 

A post shared by Evelyn Sharma (@evelyn_sharma)

ޖުލައި މަހު ކަވެނި ކުރުމަށްފަހު މި ދެމަފިރިން ވަނީ ހަނީމޫނަކަށް ގޮސްފަ އެވެ. ނަމަވެސް އެމީހުން ހަނީމޫން ހޭދަކުރީ ކޮންތާކު ކަމެއް ހާމައެއް ނުކުރެއެވެ. ހަމަ އެކަނި ހިއްސާ ކުރީ ފޮޓޯއެކެވެ.

އެވެލީން ކައިވެނި ކޮށްފައިވަނީ އޮސްޓްރޭލިއާގެ ދަތުގެ ސާޖަންއެއް ކަމަށްވާ ޑރ. ތުޝާން ބިންދީއާ އެވެ.

އެވެލީންގެ ބޮލީވުޑް ޑެބިއުއަކީ " ފްރޮމް ސިޑްނީ ވިތް ލަވް" އެވެ. ޖަރުމަނަށް ނިސްބަތްވާ މޮޑެލް އަދި އެކްޓަރ އެވެލީން ބޮލީވުޑްގައި ހޭދަކުރި 9 އަހަރުގެ ތެރޭގައި އޭނާ ފެނިގެންގޮސްފައިވާ ފިލްމުތަކުގެ ތެރޭގައި “ޔޭޖަވާނީ ހޭ ދިވާނީ”، “ހިންދީ މީޑިއަމް”، އަދި ޓެލެގޫ ސުޕަރހިޓް “ސާހޯ” ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.