އަރާދިޔާ މިހާރު މަންމަގެ ކޮނޑާހަމައަށް އަރާ!

އަރާދިޔާ މިހާރު މަންމަގެ ކޮނޑާހަމައަށް އަރާ!

Author
ފާތިމަތު ނާވީ
28 ޖުލައި 2021 07:29
0

އައިޝްވާރިޔާ ރާއީގެ ކުރިއަށް އޮތް ޓެމިލް ފިލްމް "ޕޮނިޔިން ސެލްވަން"ގެ ޝޫޓިންގ މިހާރު ވަނީ ފަށާފައެވެ.

އަބީޝެކް ބައްޗަން ވަނީ މި ޝޫޓިންގ ކުރިއަށްދާ އިރު އައިޝްވާރިޔާއަށް ހިތްވަރުދީ އެކުގައި ލޮކޭޝަންތަކުގައި ހަރަކާތްތެރިވެފަ އެވެ.

ނިމިދިއަ ހަފްތާ ބަންދުގައި އަބީޝެކްގެ ދެމަފިރިން ވަނީ ޓެމިލް އެކްޓަރ އާރް ސަރަތުކުމާރުގެ އާއިލާ އާއި ބައްދަލުކޮށްފަ އެވެ. މި ބައްދަލު ވުމުގައި އައިޝްވާރިއާ އާއި އަބިޝެކާއެކު އެމީހުންގެ ދަރިފުޅު އަރާދިޔާ ވެސް ވަނީ ބައިވެރިވެފަ އެވެ.

މި ބައްދަލުވުމުގެ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑީއާގައި ވެސް ވައިރަލްވެފަ އެވެ. ސަރަތުކުމާރުގެ ދަރިފުޅު ހިއްސާ ކުރި މި ފޮޓޯގައި ދެ އާއިލާ ފެންނަން ހުރިއިރު އެންމެންގެ ސަމާލުކަން އަތުލީ އަރާދިޔާ އެވެ.

އަރާދިޔާ މިހާރު ހުރީ ވަރަށް ބޮޑުވެފައިކަމަށް ގިނަ ބަޔަކުވަނީ އެއްބަސް ވެފައިއެވެ. އެގޮތުން ފޮޓޯގައި އައިޝްވާރިޔާ ކާއިރީ އަރާދިޔާ ހުއްޓިލައިގެން ހުރި އިރު އައިޝްވާރިޔާގެ ކޮނޑާހަމައަށް ދަރިފުޅު އިސްކޮޅު މިހާރު އަރައެވެ. ނަމަވެސް އަރާދިޔާއަށް މިއަހަރުގެ ފަހުކޮޅު އަދި ވާނީ 10 އަހަރެވެ.

އައިޝްވަރްޔާ އާއި އާރް ސަރަތުކުމާރު އެކުގައި މިހާރު މަސައްކަތް ކުރަމުންދާ ފިލްމް "ޕޮޔިނިން ސެލްވަން" ގެ ޑައިރެކްޓަރަކީ މަނީ ރަތުނަމް އެވެ. ފިލްމު އަންނަ އަހަރުގެ އޭޕްރީލް މަހު ސިނަމާތަކަށް ގެނައުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.