ދާއިރާގައި ޑްރަގާއި، ވައްކަން އިތުރުވާތީ ބޮންޑޭގެ ރުޅި އިމްރާނަށް!

ދާއިރާގައި ޑްރަގާއި، ވައްކަން އިތުރުވާތީ ބޮންޑޭގެ ރުޅި އިމްރާނަށް!

Author
މުޙައްމަދު ޝަޒައިމް
27 ޖުލައި 2021 10:08
0

މާފަންނު މެދު ދާއިރާގައި ޑްރަގާއި، ވައްކަމާއި، މާރާމާރީ އިތުރުވަމުންދާ މައްސަލާގައި އެދާއިރާގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުންދާތީ، އެކަމުގެ ނުރުހުން އެދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހޯމް މިނިސްޓަރ އިމްރާނަށް އަމާޒުކޮށްފިއެވެ.

މިނިވަން ދުވަހާއި ގުޅިގެން މާފަންނު މެދު ދާއިރާ މީހަކު ވަނީ އެދާއިރާގައި ހުރި ކަންބޮޑުވުންތައް ބޮންޑޭއާއި، ފުލުހުން ޓެގް ކުރައްވައި ޓްވީޓު ކުރައްވާފައެވެ. އެމީހާ ބުނެފައިވަނީ މަގުމަތީ އައުގުރުއާންގޮވުމާ، ހިސާބުގަޑުން ވައްކަންކުރުމާ، މަރާމާރީ ހިންގުމާ، ކުނިއެޅުން އާންމުވެ އެކަމުގެ ޝަކުވާ ކަމާއިބެހޭ ފަރަތްތަކާއި، ދާއިރާގެ މެމްބަރުގެ ކައިރީގައި ދެންނެވުމުންވެސްވީ އެއްވެސް ކަމެއް ނެތްކަމަށެވެ.

56ވަނަ މިނިވަންދުވަސް ފާހަގަކުރާއިރު، އަސަރީހިނގުމުގެ ކުރެދިގޭ ހިސާބުގަ ދިރިއުޅޭ މީހުންނަށް އެއހިސާބުގައި މިނިވަންކަމާއެކު ނޫޅެވޭތާ ތިންއަހަރުވަނީ. މަގުމަތީ އައުގުރުއާންގޮވުމާ، ހިސާބުގަޑުން ވައްކަންކުރުމާ، މަރާމާރީ ހިންގުމާ، ކުނިއެޅުން ޢާއްމުވެފަ. ފުލުހުންނަކަށްވެސް ނުހުއްޓުނު. ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދަކަށްވެސް ކަމެއްނުކޮށްދެވުނު. ދެން މިހިސާބުގަޑުމީހުން ކިހިނެއްހަދަންވީ؟

– މީހަކު ކުރި ޓްވީޓިގައި ބުނެފައިވެއެވެ.

މިމީހާގެ ޓްވީޓާއި ގުޅިގެން ބޮންޑޭ ވިދާޅުވީ ދާއިރާގައި ހުރި މިފަދަ މައްސަލަތައް ތަކުރާރުކޮށް ކަމައިބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެކަމަށެވެ. އަދި މިކަމުގެ ޝަކުވާ ސީދާ ކަމިޝަނާގެ އަރިހުގައިވެސް ދަންނަވާފައިވާނެކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރަކަށް ހުންނެވީ އަޑުނީވޭ ލޯފަން ވަޒީރެއްކަމަށް ކަމަށްބުނެ ބޮންޑޭގެ ނުރުހުން ވަނީ މިނިސްޓަރ އިމްރާނަށް އަމާޒު ކުރައްވާފައެވެ.

ފަރުވާ ނުލިބި ތިބިކުދިން ގެ ފަރާތުން ދާއިރާ ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކުގެ ޝަކުވާ ތަކުރާރުކޮށް ޕޮލިސް ކަމިޝަނާ މުހައްމަދުގެ އަރިހުގައި ކުރެވިއްޖެ! ކަމާބެހޭ އަޑުނީވޭ ލޯފަން ވަޒީރު ބުނަމުންދަނީ މާލޭގައި ޑުރަގް ވިއްކާ މީހަކުވެސް ބޯ މީހަކުވެސް ހަރުކަށި ފިކުރުގެ މީހަކުވެސް ނޫޅޭކަމަށް!

– ބޮންޑޭ ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލޭގައި ޑްރަގުގެ މައްސަލައް އިތުރުވެ، ވައްކަމާއި ފޭރުންވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިމައްސަލަހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ވައްކަމާއި ފޭރުމައި ޑްރަގުގެ ކަންކަން އާންމު ވަމުންދާއިރު، މިކަމުގައި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

b birubodu
ބޮންޑޭމެންގެ ރޫހާނީ ނަޝީދު ހިތްވަރުދެނީ ބޮވެންވާނެ ބޯންޖެހޭނެކަމަށް. ތިޔަހުރިހާ ހަރުކަށިފިކުރާއި މިޤައުމުގައި ތަޅާފޮޅާ އަލިފާންޖަހަން ދަސްކޮށްދިނީ ހަމަ ބޮންޑޭމެންގެ ރޫހާނީނަޝީދު ވަރަށް ވަރަށްސާފް