ވައްޑެ، ރޮޒޭނާއަށް: ވަހީދަކީވެސް އެންމެ ހަރުދަނާ މީހާކަށް ވިދާޅުވީމެއް ނޫންތޯ؟

ވައްޑެ، ރޮޒޭނާއަށް: ވަހީދަކީވެސް އެންމެ ހަރުދަނާ މީހާކަށް ވިދާޅުވީމެއް ނޫންތޯ؟

Author
މުޙައްމަދު ޝަޒައިމް
25 ޖުލައި 2021 01:13
0

ސިޔާސީ ދާއިރާގައި ރައީސް މުހައްމަދު ނަޝީދަށްވުރެ ތަޖުރިބާކާރު ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ސިޔާސީ ދާއިރާގައި ރައީސް މުހައްމަދު ނަޝީދަށްވުރެ ތަޖުރިބާކާރު ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާ އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ވެސް މާ ހަރުދަނާ ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފާއެވެ. ސިޔާސީ ގޮތުން އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގައި ރޮޒޭނާ ދަނީ ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތާއީދުކޮށް އެކި ވާހަތައް ސޯޝަލް މީޑިއާގައި ދައްކަވަމުންނެވެ.

ރޮޒޭނާގެ ވާހަތަކަށް ރައްދު ދެއްވަމުން ވަހީދު ވިދާޅުވީ ރޮޒޭނާއަކީ ރައީސް ވަހީދުގެ ވެރިކަމުގައިވެސް ރައީސް ވަހީދަކީ އެންމެ ވަރުގަދަ ސިޔާސީ ލީޑަރުކަމަށް ހަދައިގެން އުޅުނު މީހެއްކަމަށެވެ. ނަމަވެސް ވަހީދުގެ ވެރިކަން ނިމުމާއިއެކު ވަހީދަކީ ނެތްމީހަކަށްވެ ރޮޒޭނާ އަނެއްކާވެސް ކޮޅު ބަދަލުކޮށްފައިވަކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

ބ.ވަހީދަކީ އެންމެ ހަރުދަނާ މީހާކަމަށް ކިޔުއްވައިގެން، ވަރަށް ވައި އަޅުވައިގެންވެސް އުޅުއްވީމެއްނު. ހަމަ ވެރިކަން ނިމުމާއިއެކު ހަރުދަނާ ކަން އެދިޔައީތޯ؟ ވައްޑެ ރޮޒޭނާއަށް ރައްދު ދެމުން ވިދާޅުވިއެވެ.

– ވައްޑެ ވިދާޅުވިއެވެ.

ދެ ރައީސުންނާއި ގުޅޭގޮތުން ކުރެވޭ ބަހުސްގައި އެމްޑީޕީގެ އާންމު މެންބަރަކު ރޮޒައިނާއަށް އަމާޒުކޮށް ދެއްކި ވާހަކަތަކަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވީ ސިޔާސީ ދާއިރާގައި އޭނާއަށްވުރެ އަދި ރައީސް ނަޝީދަށްވުރެވެސް ތަޖުރިބާ ހުންނެވި ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ރައީސް ސޯލިހް ދައްކަވާ ވާހަކަތައް އޭނާ ވިސްނޭވަރުން ނަމަ މާ ހަރުދަނާ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަމާލުކަން ދެއްވާކަންވެސް ފާހަގަ ކުރެވޭ ކަމަށެވެ.

ރޮޒައިނާ ސިޔާސީ ހަޔާތް ފެއްޓެވީ 2008 ގައި ރައީސް މައުމޫންގެ ލީޑާޝިޕްގައި ޑީއާރުޕީން ކަމަށްވާތީ އެކަމަށްވެސް ފާޑުކިޔުން އޮވެއެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވީ އޭރު ޑީއާރުގައި ތިބި ވަރަށް ގިނަ މީހުން ނަޝީދުގެ ވަފާތެރިންނަށް މިހާރު ވަރަށް ކަމުދާ ކަމަށެވެ. ރޮޒައިނާ އެ އިޝާރާތް ކުރައްވަނީ ރައީސް ނަޝީދުގެ ކޮޅު ނަންގަވައިގެން ހުންނެވި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމްމެން ފަދަ ބޭފުޅުންނަށް ކަމަށް ބެލެެވެއެވެ. އާޒިމް އަކީވެސް ޑީއާރުޕީން ސިޔާސީ މައިދާނަށް ނިކުންނަވާ ރައީސް މައުމޫންގެ ހިޔަނީގައި ކުރިއަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފިޔޯރީސައީދު
100% ރަނގަޅު ވަާހަކައެއް، ޑރ. ވަހީދު އާއި ކެނެރީގެ ނަޝީދު އާއި އަޅާނުކިޔޭނެ އިލްމާއި ހިލްމާއި އަޚުލާގު ގޮތުން ވެސް