ރާއްޖޭގައި މިހާރު މިހިނގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ސިޔާސީ މީހުނާއި ނޫސްވެރިންގެ އަމިއްލަ ތަހުގީގުތަކާއި ތުހުމަތުތަކުން ފުލުހުންގެ އިދާރާ ސަލާމަތްކޮށް އެ މުއައްސަސާއަށް އިތުބާރުކޮށް އެހީތެރިވާން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސާ މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބައެއް ސިޔާސީ މީހުނާއި ނޫސްވެރިންގެ އަމިއްލަ ތަހުގީގުތަކާއި ތުހުމަތުތައް ފުލުސް އޮފީހަށް އަމާޒުވާކަމަށެވެ. އޭގެ ބަދަލުގައި އެ އިދާރާއަށް އިތުބާރުކޮށް އެހީތެރިވެގެން ރާއްޖޭގައި މިހިނގާ ބޮޑެތި ކުށްތަށް ހުއްޓުވި އެންމެންނަށް ރައްކާތެރިކަން ލިބޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.
ފުލުހުންގެ ތަޙްޤީގަށްޖާގަދީ ބައެއް ސިޔާސީ މީހުނާ ނޫސްވެރިންގެ އަމިއްލަތަޙްޤީގްތަކާ ތުހުމަތުތަކުން ފުލުސްއޮފީސް ސަލާމަތްކޮށް އެމުވައްސަސާ އަށް އިތުބާރުުކުރުމާ އެހީތެރިވާންވީ އޭރުންރާއްޖޭގައި މިހިނގާ ބޮޑެތިކުއްތަށް ހުއްޓުވި އެންމެންނަށްރައްކާތެރިކަންލިބޭނެ @PoliceMv
— Moosa Maniku (Reeko) (@ReekoMoosa) July 25, 2021
މޫސަ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ހަމަލާގެ ތަހުގީގަށް ހޯދިފައިވާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ވަރަށް ތަފްސީލްކޮށް ރޭ ފުލުހުން ހިއްސާކޮށްފައި ވަނިކޮށެވެ.
މިތަހުގީގުގެ ތެރެއިން ރާއްޖޭގައި ދީނީ ހަރުކަށިފިކުރު އުފެދި އޭގެ ނުރައްކާ ބޮޑުވެފައި ވާ މިންވަރު ވަރަށް ރަނގަޅަށް ވަނީ ހާމަވެފައެވެ. އެގޮތުން މީހެއްގެ ލޭ ހުއްދަކޮށް އަމިއްލައަށް ނެރޭ ހުކުމްތަކާއި ފަތުވާތަކުގެ އެހީގައި ޖާނުން ފިދާވެގެންވެސް މީހުން މަރާލަން ތައްޔާރަށް ތިބި މީހުން ރާއްޖޭގައި ތިބިކަން ވަނީ ފުލުހުން ރޭގައި އާންމުކުރި ތަފްސީލްތަކުން ހާމަވެފަ އެވެ.
މީގެ އިތުރުން މޭ 6ގެ ހަމަލާ ދިނުމަށް ސައިކަލުގައި ބޮން ހަރުކުރުމުގެ މަސައްކަތްވެސް އެތައްގިނަ އާންމު ރައްޔިތުންނާއި ކުޑަކުދިން ނުރައްކަލުގެ ތެރެއަށް ވައްޓާލައިގެން ހުޅުމާލޭ 106 ނަމްބަރު ފުލެޓްކައިރީ އާންމު ތަނެއްގައި ކޮށްފައި ވާކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ. އަދި ބޮން ހަރުކޮށްގެން ހުޅުމާލެއިން ދުއްވާފައި ސައިކަލު ގެނެސް މާލޭގެ މީހުންގިނަ މަގުތަކަކުން ސައިކަލު ބޮމާއިއެކު ދުއްވިކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
One Response
ޚކޮންކަމެއްބޭނުއްވީބަ