13 އަހަރުގެ ކުއްޖާގެ މަރުގެ ތުހުމަތުކުރާ 17 އަހަރުގެ ކުއްޖާގެ ބަންދަށް އިތުރު 15 ދުވަސް!

13 އަހަރުގެ ކުއްޖާގެ މަރުގެ ތުހުމަތުކުރާ 17 އަހަރުގެ ކުއްޖާގެ ބަންދަށް އިތުރު 15 ދުވަސް!

Author
ޢަލީ އާދަމް
25 ޖުލައި 2021 10:51
0

މަރާލުމަށްފަހު ހުޅުމާލޭ ފޭސް 2ގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.

މި ކުއްޖާގެ މަރާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި މަހުގެ 20 ވަނަ ދުވަހު 17 އަހަރުގެ ކުއްޖާގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. މިއީ މި ކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކުރި 3 ވަނަ ފަހަރެވެ.

މައްސަލާގައި ހިމެނޭ 27 އަހަރުގެ މީހާގެ ފުރަތަމަވެސް ބަންދުކޮށްފައި ވަނީ ޝަރީޢަތް ނިމެންދެނެވެ.

13 އަހަރުގެ މިކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނުނީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެވެ. މިކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.