ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަތަކަށް މަޢާފަށް އެދިވަޑައިގެންފިއެވެ.
ގިނަބައެއްގެ ފާޑުކިޔުން ކުރިމަތިވި މިމައްސަލާގައި މިއަދު ވަނީ މުޒާހަރާ ކުރުމަށްވެސް ނިންމާފައެވެ. މިކަމާއި ގުޅިގެން އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ނޫސްވެރިން ޒިންމާދާރުކަމާއިއެކު ޚަބަރު ފެތުރުމަށެވެ. އިމްރާން ވިދާޅުވީ ރޭގެ ޕްރޮގުރާމުގައި އެއްވެސް އެއްޗެއް އޮޅުވާލައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެކެވިފައިވާނަމަ އެކަމަށް މަޢާފަށް އެދޭކަމަށެވެ.
https://t.co/oTWSMllv87 pic.twitter.com/sbKgjEbGdC
— Aminath Lamha Aslam (@AslamLamha) October 25, 2020
އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމާއި، ޖިންސީ ގޯނާގެ މައްސަލަތަކަކީ ބޮޑު ކަމެއްކަމަށާއި، އެއީ ކުޑަކަމެއްކަމަށް ދޭހަވާ ގޮތަކަށް އެއްވެސް އިރެއްގައި ވާހަކަ ދައްކާފައި ނުވާނެކަމަށެވެ.
Alhugandu edhenee hurihaa dhivehi noosverinves masahkathuga professional minganduthah hifehettevun.
Alhugandu buni ecchakun gose maanaeh evvesfaraathakah dheyhavinama eialhuganduge maqsadhunoonkan saafukohdhannavan. Adhi olhunaraafadha baheh bunevifa oyi nama maafah edhen.
— Imran Abdulla (@ShimranAb) October 25, 2020
ރޭ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ހުޅުމާލޭގައި ސަފާރިއެއްގައި ކެންޔާ އަންހެނެއް ރޭޕް ކުރިކަމަށް ދެކެވޭ ވާހަކަ ފުރަތަމަ އަޑު އިވިވަޑައިގަތުމުން ހިނގައިގެން އުޅޭނީ ބޮޑު ރޭޕްކޭސްއެއްކަމަށް ފުރަތަމަ ހީފުޅުވިކަމަށެވެ. ނަމަވެސް ކަން ހިނގައިދިޔަ ގޮތް ހަޤީގަތަށް ބެލުމުން އެނގުނީ މިކަމުގައި ހިނގާފައިވަނީ މީހަކު ޢާންމު ތަނެއްގައިވެސް ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑަށް ދަންނަވަން ކެރިދާނެ ޢާންމު ޕަބްލިކް ތަނެއްގަވެސް، ބައެއްގެ ތެރޭގަވެސް ހުރެފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރި ވާހަކަ މިދެންނެވީ. އަދި ކުރީމަ ކުރިކަންވެސް ނޭގޭނެވެސް ކަމެކޭ ހިނގާފަ މިއޮތީ. އެކަން ރިޕޯޓް ކުރެވިގެން އާއިރު އޭނާގެ ބަޔާންވެސް އެކި ގޮތްގޮތުން އެކި ފަހަރު މަތިން ބަދަލުވެ އޭތި ބޮޑުވެ ނޫސްތަކަށް އައިގޮތާ މިހުރިހާ އެއްޗަކަށް ބެލީމަ އަސްލުގަ ވަރަށް ބޮޑު ހަގީގަތާއި ޚިލާފް ވާހަކައެއް ދެކެވެނީ. އިނގޭތޯ. އެމައްސަލާ އާންމުގެ ތެރޭގަ ދެކެވޭކަހަލަ ބޮޑު ރޭޕް ކޭސްއެއް ނެތް. މިއީ ހަގީގަތަކީ.
-ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
ހުޅުމާލޭގެ ސަފާރީއެއްގައިދިވެހި ދެ ފިރިހެނުން ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ފުލުހުންނަށް ހުށައަޅަފައިވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެމައްސަލާގައި ފުލުހުންވެސް ވަނީ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭޕުގެ މައްސަލައެއްގެ ގޮތުގައި ނޫންކަމަށް ބުނެފައެވެ. ކެންޔާ އަންހެނަކު ރޭޕްކުރަން އުޅުނުކަމުގެ ތުހުމަތުމަތުކުރެވޭ ދިވެހި ދެ ފިރިހެނަކު ދޫކޮށްލިކަމަށް ތުހުމަތުކުރާ މައްސަލައަށް ގިނަ ބައެއްގެ ފާޑުކިއުން އޭރު އަމާޒުވިއެވެ. ސަބަބަކީ އަނިޔާލިބުނު އަންހެން މީހާ ހޮސްޕިޓަލަށް ގެންދިއުން ލަސްވުމާއި އެމައްސަލަ ވަކިކޮޅެއގައި ނުޖެހި ކުއްލިއަކަށް ހުއްޓިފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ