ހުރިހާ ކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވެދާނެ ކަންކަމެއްނޫން: ރޮޒޭނާ

ހުރިހާ ކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވެދާނެ ކަންކަމެއްނޫން: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
23 ޖުލައި 2021 10:28
0

ދިމާވާ ހުރިހާ ކަމަކީ މާބޮޑަށް އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވެދާނެ ކަމެއްނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭނާ މިފަދަ ގޮތަކަށް ވިދާޅުވެ ޓްވީޓު ކުރައްވާފައިވަނީ ރައީސް ނަޝީދަށް ދެވުނު ޓެރެރިސްޓް ހަމައާއަށްފަހު އެމަނިކުފާނު ފާޅު ކުރައްވަމުންދާ ޝުއޫރުތަކާއި، ނަފްރަތުގެ ބިލާއި ގުޅިގެން މެދު ކެނޑުމެއްނެތި ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވާކަމަށް ބެލެވެއެވެ. ރޮޒޭނާ ވަނީ އޭނާގެ ޓްވީޓުގައި ނުސީދާކޮށް ރައީސް ނަޝީދު މާބޮޑަށް އަގަ ގަދަކޮށް އަޑުގަދަކޮށްގެން ކަންކަން ހައްލު ކުރަން އުޅޭކަމަށް ވިދާޅުވެފައެވެ.

އައި ކަންކަން ހައްލުވާނީ ކެތްތެރިކަމާއި، ހިކުމަތްތާއި ކަމާއިއެކު މަސައްކަތް ކޮށްގެންކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ. ރޮޒޭނާގެ ޓުވީޓުގައި ވަނީ ބަސްމަގު މަދުކޮށް އަމަލުން ކަންކަން ރަނގަޅު ކުރުމަށް ބާރުއަޅުއްވައި، ރައީސް ޞާލިހު މިހާތަނަށް ގެންގުޅުއްވާ އުސޫލުތަކަށް ތާއީދު ކުރައްވާ ވާހަދައްކަވާފައެވެ.

ހުރިހާ ކަމަކީ އަޑު ގަދަކޮށް، އަގަ ގަދަކޮށްގެން ހައްލުވެދާނެ ކަމެއްނޫން. ބައެއް ކަންކަން ހައްލު ކުރަން ރަނގަޅު ގޮތްތަކެއް ރާވައިގެން ވިސްނުންތެރިކަން އިސްކޮށް، ބަސްމަދުކޮށް އަމަލު ގިނަ ކުރާ އުސޫލު މުހިންމު މާތްﷲ އަޅުގަނޑުމެންގެ ވެރިންނަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން.

– ރޮޒޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެންނާއި، ނަފްރަތުގެ ބިލާއި ގުޅިގެން ރައީސް ނަޝީދު ގެދްވަނީ ސަރުކާރަށާއި، ރައީސް ޞާލިހަށް ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކުރަމުންނެވެ. ހުއްޓާނުލައި ރައީސް ނަޝީދު ގެންދަވަނީ ސަރުކާރު ކޯލިޝަނަށް ރާއްޖެއާއި ބޭރުގެ މީޑިއާތަކުގައިވެސް ފާޑުވިދާޅުވަމުންނެވެ. މިކަންކަމުގައި މިހާތަނަށް ރައީސް ޞާލިހު އިސްވެ އަދި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

ނަޝީދުގެ ފަރާތްޕުޅުން ރައީސް ސޯލިހަށް އަމާޒުވަމުންދާ ހަމަލާތަކާއި ފާޑުވިދާޅުވުންތައް އަދި، މިހާރު ގައުމުން ބޭރުގެ މީޑީއާތައްވެސް ހިމެނޭގޮތުން، ނަޝީދު ރައީސް ސޯލިހުއަށާއި ސަރުކާރުގެ މައްޗަށް ކުރައްވަމުން ގެންދަވާ ބޮޑެތި ތުހުމަތުތަކަށް ރައީސް މިވަގުތު ދެއްވަން ބޭނުންފުޅުވާ ޖަވާބަކީ ހަމަހިމޭންކަން ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭގައި ހިކުމަތްތަކެއް ހުރުމަކީވެސް އެކަށީގެންވާ ކަމަކެވެ.

އެހެންނަމަވެސް ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ރައީސް ސޯލިހުގެ ހަމަހިމޭން ކަމުގައިވެސް ހައްދެއް އޮންނަން ޖެހެއެވެ. މިހެން އަބަދު ހަމަ ހިމެނޭނުން ހުންނަމަ ރައީސް ޞާލިހަށް ސިޔާސީ ގޮތުން އެމްޑީޕީ ތެރެއިން ކުިރ ނުހޯއްދެވޭނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.