ހުއްޓާނުލައި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްގެންވެސް ޑްރަގް ވިޔަފާރި ހުއްޓުވަންޖެހޭ – ރޮޒޭނާ

ހުއްޓާނުލައި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްގެންވެސް ޑްރަގް ވިޔަފާރި ހުއްޓުވަންޖެހޭ – ރޮޒޭނާ

Author
ހުސައިން
04 އޮކްޓޯބަރ 2020 12:06
0

ހުއްޓާނުލައި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްގެންވެސް ޑްރަގް ވިޔަފާރި ހުއްޓުވަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެ ކުރެއްވި ޓްވީޓް ރިޓްވީޓް ކުރައްވަމުން ރޮޒޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ހުއްޓާނުލައި ފުލުހުން އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްގެންވެސް މިމައްސަލައަށް ހައްލެއް ބޭނުންވާކަމަށެވެ.

ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީގެ ތެރޭގައި އޮތް މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމާތްކޮށް އަމާން ވެއްޓެއް ގާއިމް ކުރުމަކީ ދިވެހި ފުލުހުންނަށް ނުވާނެ ކަމެއްނޫންކަން މިހާރު ހިންގަމުންދާ އޮޕަރޭޝަނުންވެސް ހާމަވެފައިވާކަމަށް ރޮޒޭނާ ވިދާޅުވި އެވެ.

"އައްޑޫގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމާތްކޮށް، ހަރުދަނާ ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ. ހައްލެއް ލިބެންދެން ހުއްޓާނުލައި މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް ޑްރަގް ވިޔަފާރި ހުއްޓުވުމަކަށް ގެނެސްދެއްވާ" ރޮޒޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ޑްރަގް އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، މެރިން ޕޮލިސް އާއި ސައުތު ޑިވިޝަން ގުޅިގެން އައްޑޫސިޓީގައި މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ސަލާމަތީ ބާރުތައް ފެނުމުން ޑިންގީގައި ތިބި މީހުން އެތަކެތި ކަނޑަށް އުކާލި އިރު، އޭގެތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ދެ ގޯންޏެއް އޮތެވެ. މި މައްސަލައާ ގުޅިގެން ޑިންގީގައި ތިބި މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.