ފެންފުށިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި

ފެންފުށިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2020 12:57
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އދ. އަތޮޅުގެ ބައެއް ޕޮލިސް ސްޓޭޝަންތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެންފުށިން ހޯދައިފިއެވެ.

އެގޮތުން، ފެންފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ރައްކާކޮށްފައިވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން މި އޮކްޓޯބަރ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެރަށު ވަލުތެރެ ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ކޮތަޅެއް ހޯދާފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި އެއް ކިލޯ 20 ގުރާމް ހުރިކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ތަކެއްޗަކީ މި އޮކްޓޯބަރ 08 ވަނަ ދުވަހު ފެންފުށިން އަތުލައިގަތް ކްރިސްޓަލް މެތު ކަމަށް ބެލެވޭ ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަަލައާ ގުޅުންހުރި މަސްތުވާތަކެތިކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.