ވިހާ ކޮޓަރީގައި ހަރްބަޖަން ކުރިކަމަކީ ފޮޓޯނެގުން: ގީތާ

ވިހާ ކޮޓަރީގައި ހަރްބަޖަން ކުރިކަމަކީ ފޮޓޯނެގުން: ގީތާ

Author
ފާތިމަތު ނާވީ
22 ޖުލައި 2021 10:43
0

މިމަހު ދެވަނަ ދަރިއަކު ލިބުނު ބޮލީވުޑްގެ ކުރީގެ ބަތަލާ ގީތާ ބަސްރާ ވިހާކޮޓަރީގައި ވޭނުގައި އޮތް އިރު ފިރިމީހާ ހަރްބަޖަން ސިންގް އުޅުނީ ފޮޓޯ ނެގުމުގައި އަވަދިނެތިކަމަށް އޭނާ ބުނެފި އެވެ.

ޖުލައި 10 ވަނަ ދުވަހު އެމީހުންނަށް ފިރިހެން ކުއްޖަކު ލިބުނުކަން އިއުލާން ކުރިއިރު މި ދެމަފިރިންގެ 5 އަހަރުގެ އަންހެން ކުއްޖެއް ހުރެއެވެ. އެއީ ހިނާޔާ ހީރް އެވެ.

ދެވަނަ ދަރިފުޅުގެ ފޮޓޯއެއް ރަސްމީކޮށް އެމީހުން މިހާތަނަށް ދައްކާލާފައެއް ނުވެއެވެ. ގީތާ ބުނާގޮތުގައި ހަރްބަޖަން އަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށެވެ. މީގެ އިތުރުން ހިނާޔާ އޭނާގެ ކޮއްކޮއަށް ވަރަށް ބަލާކަމަށާއި އަދި ވަރަށް ޒިންމާދާރު ވެފައިވާކަމަށް ވެސް ގީތާ ބުނެއެވެ.

 

View this post on Instagram

 

A post shared by Geeta Basra (@geetabasra)

އާއިލާގެ އެންމެންވެސް ތިބީ ވަރަށް އުފަލުންކަމަށާއި ފިރިހެން ކުއްޖަކު ލިބުމުން ހަރްބަޖަން ފަދައިން ކްރިކެޓް ކުޅުންތެރިއަކަށް ހަދަން ހަރްބަޖަން ވިސްނާނެ ކަމަށް ވެސް ގީތާ ބުނެއެވެ.

އިތުރަށް އޭނާ ބުނީ އެ ދެމީހުން ދަރިފުޅަށް ކިޔާ ނަން ތަފާތުކަމަށެވެ. އެގޮތުން އޭނާ ލޯބިން ދަރިފުޅަށް ޗޯޓޫ ކިޔާއިރު ހަރްބަޖަން ލޯބިން ދަރިފުޅަށް ކިޔަނީ ޝޭރާ ކަމަށް ގީތާ ވަނީ ބުނެފަ އެވެ.

 

View this post on Instagram

 

A post shared by Geeta Basra (@geetabasra)

2006 ވަނަ އަހަރު "ދިލްދިޔާ ހޭ" އިން ބޮލީވުޑަށް ނުކުއިތް ގީތާ އެންމެފަހުން ފެނިގެންދިޔައީ 2016 ވަނަ އަހަރުގެ ޕަންޖާބީ ފިލްމު "ލޮކް" އިންނެވެ. ގީތާ އާއި ހަރްބަޖަން ކައިވެނި ކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފޮޓޯ ފޮށި
ކޮންތަނެއްގެ ފޮޓޯ ތަކެއްތަ ދެން ނެގުނީ. ޢަލަށް ކެމެރާއެއް ލިބުނީ ކަމަށް ތިވާނީ.