އޯތެންޓިކް މޯލްޑިވްސް ފިހާރަތަކުން އަޟްޙާ ޢީދާ ދިމާކޮށް ޚާއްޞަ ޑިސްކައުންޓް ޕްރޮމޯޝަނެއް ފަށައި، ގިފްޓް ކާޑެއް ތަޢާރަފް ކޮށްފިއެވެ.
ސައްތައިން ސައްތަ ދިވެހި އުފެއްދުންތަކަށް އެކަނި ޚާއްޞަކޮށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހިންގަމުން އަންނަ އޮތެންޓިކް މޯލްޑިވްސްގެ ތިން ފިހާރައެއް މިހާރު އެބަހުއްޓެވެ. މިއިން ކޮންމެ ފިހާރައަކުންވެސް ކުރާ -/100 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށްވެސް ޚާއްޞަ ކޫޕަނެއް ދެވޭނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީން ބުނެއެވެ.
އަޟްޙާ ޢީދާ ދިމާކޮށް ފެށި މި ޚާއްޞަ ޕްރޮމޯޝަން ކުރިއަށްދާނީ މި ޖުލައި މަހުގެ 16 ން 30 ގެ ނިޔަލަށް ކަމަށާއި، މި ޕްރޮމޯޝަންގެ ނަޞީބުވެރިޔާ ހޮވުން އޮންނާނީ 1 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހު މޯލްޑިވްސް ބިޒްނަސް ނެޓްވަރކް އެމްބީއެންގައި އެކަމަށްޓަކައި ބާއްވާ ޚާއްޞަ ޕްރޮގްރާމެއްގައި ކަމަށް ބީސީސީން މަޢުލޫމާތު ދެއެވެ.
Celebrate this Eid with our amazing offers!
All purchases above MVR 100 stands a chance to win our Eid Gift Hamper! Goodluck!
Applicable till 16th July 2021 – 30th July 2021 #IChooseLocal #VisitMaldives #EID2021 pic.twitter.com/kOtSaNBvTW— AuthenticMaldives (@Authentic_MV) July 18, 2021
ގުރުއަތުން ހޮވޭ ނަޞީބުވެރިޔާ އަށް، އޮތެންޓިކް މޯލްޑިވްސްގައި ވިއްކަން ހުންނަ ތަފާތު ބާވަތްތައް ހިމެނޭ ވަރަށް އަގުހުރި ހަދިޔާ ވަށްޓެއް ދިނުމަށް ބީސީސީން ވަނީ ނިންމާއެވެ.
އޮތެންޓިކް މޯލްޑިވްސްގެ ތިން ފިހާރައަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީގައި ހުންނަ ފިހާރައާއި، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ ފިހާރައިގެ އިތުރުން މާލޭގައި ޖަސްޓިސް ބިލްޑިންގއާ ޖެހިގެން ހުރި ފިހާރައެވެ.