ކެމަރޫންގެ ސްކޫލަކަށް ހަމަލާދީ ދަރިވަރުންތަކެއް މަރާލައިފި

ކެމަރޫންގެ ސްކޫލަކަށް ހަމަލާދީ ދަރިވަރުންތަކެއް މަރާލައިފި

Author
ހުސެއިން
25 އޮކްޓޯބަރ 2020 10:48
0

ހަތިޔާރުއެޅި ހަގުރާމަވެރިންތަކެއް ކެމަރޫންގެ ސްކުލަކަށް ހަމަލާދީ އެތައް ބަޔަކު މަރާލައިފިއެވެ. މައުލޫމާތު ލިބިފއިވާ ގޮތުގައި ހަތިޔާރު އެޅި މިމީހުން ސްކޫލަށް ވަދެ ސްކޫލުގައި އެވަގުތު ކިޔަވަމުން ދިޔަ ދަރިވަރުންނަށް ހަމަލާ ދީފައިވަނީ ބަޑީގެ އިތުރުން ކަތިވަޅިވެސް ބޭނުންކޮށްގެންވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ހަމަލާގައި އެވަގުތު ސްކޫލުގައި ކިޔަވަންތިބި 8 ކުދިންވަނީ މަރާލާފައެވެ. އަދި ބާރަ މީހަކު ވަނީ ޒަޚަމްވެފައެވެ.

ކެމަރޫންގެ ހުޅަގު ދެކުން އޮންނަ ސިޓީއެއް ކަމުގައިވާ ކުންބާގައި ހިންގަމުން އަންނަ މަދަރުސާއެއްކަމުގައިވާ ފްރާންސިކާ އިންޓަރނޭޝަނަލް ބިލިންގުއަލް އެކަޑަމީ ނަމަކަށް ކިޔާ މިސްކޫލަށް ހަގުރާމަވެރިން ވަދެފައިވަނީ އާދައިގެ ހެދުމުގައި ސައިކަލްތަކެއްގައި ދުވާފަފައި ގޮސް ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

ޔޫއެންގެ އޮފީސް ފޮރ ހިއުމަނިޓޭރިއަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މައުލޫމާތު ދޭގޮތުގައި، މި އަނިޔާވެރި ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައި ނުވެއެވެ. އަދި މިހަމަލާއަކީ، ކެމަރޫންގެ ހުޅަގުގައި ދިރިއެޅެމުންދާ އިނގިރޭސިބަހުން ވާހަކަ ދައްކާ، ވަކިވެގަތުމަށް މަސައްކަތް ކުރާ ހަތިޔާރުއެޅި ފަރާތްތަކާއި އެގައުމުގެ ސަރުކާރާއި ދެމެދު ހިގަމުންދާ ހަމަނުޖެހުންތަކާއި ގުޅުންއޮތް ހަމަލާއެއްކަންސް އަދި އެގެން ނެތްކަމަށްވެސް ޚަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތު ދެއެވެ.

މި ހަމަލާގައި ޒަޚަމްވެފައިވާ ބައެއް ކުދިން ޒަޚަމް ވެފައިވަނީ ހަމަލާ ދިން މީހުން ސްކޫލަށް ވަދެ ހަމަލާ ދޭން ފެށުމާއިއެކު ސަލާމަތްވުމަށް ބައެއް ދަރިވަރުން ސްކޫލުގެ ދެވަނަ ބުރީގައިހުރި ކުޑަދޮރުތަކުން ބިންމައްޗަށް ފުންމާލުމުގެ ސަބަބުންނެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މި ހަމަލާގައި މަރާލާފައިވާ ގިނަ ކުދިންގެ އުމުރަކީ 12 އަހަރާއި 14 އަހަރާއި ދެމެދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.