ބާސާއިން ގްރީޒްމަން ވިއްކާލަނީ

ބާސާއިން ގްރީޒްމަން ވިއްކާލަނީ

Author
އިބްރާހީމް ސާޢިދު
16 ޖުލައި 2021 11:45
0

ސްޕެއިންގެ ބާސެލޯނާއިން މިދިޔަ ދެ ސީޒަންގައި، މެސީގެ އެޓޭކިން ޕާޓްނަރެއްގެ ގޮތުގައި ހުރި އެންޓްއާން ގްރިޒްމަން އަލުން އެތުލެޓިކޯ އަށް ފޮނުވައި ބަދަލުގައި އެ ޓީމުގެ މިޑްފީލްޑަރު ސައުލް ނިގެޒް ގެންނަން މަސައްކަތް ފަށައިފިއެވެ.

ޗެލްސީ އާއި ލިވަޕޫލުން ވެސް ސައުލް ގެންދަން ޝައުގުވެރިވެއެވެ. ސްޕެއިންގެ މީޑީއާތަކުން ބުުނަނީ، ސައުލް އާއި ގްރީޒްމަން ބަދަލުކުރުމަކީ ވުން ގާތް ކަމެއް ކަމަށެވެ. ގްރިޒްމަން އެތުލެޓިކޯ ދޫކޮށްލި ފަހުން ވެސް އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ގްރީޒްމަންއާ ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ.

ބާސާ އިން ވަނީ އިތުރު ޓްރާންސްފާއެއް ވެސް ފުރިހަމަކޮށްފައެވެ. އޮސްޓްރިއާގެ ރެޕިޑް ވިއޭނާ އަށް ކުޅެމުން އަންނަ އެ ގައުމުގެ ޒުވާން ފޯވަޑް ޔޫސުފް ޑެމިރް ވަނީ ލޯން އުސޫލުން ބާސާ އަށް ބަދަލުވެފައެވެ. އެކަމަކު ޔޫސުފް ކުޅޭނީ ބާސެލޯނާގެ ބީ ޓީމަށެވެ. ޖުލައި 2019 ގައި ގްރީޒްމަން ގެންނަން ބާސާ އިން ވަނީ އެތުލެޓިކޯ އަށް 141 މިލިއަން ޑޮލަރު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.