ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 255،000 އިން މައްޗަށް!

ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 255،000 އިން މައްޗަށް!

Author
ޢަލީ އާދަމް
17 ޖުލައި 2021 08:45
0

ކޯވިޑުން ރައްކާތެރިވުމަށްޓަކާ ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 255،000 މައްޗަށް އަރައިފި އެވެ.

އިއްޔެއާއި ހަމައަށް ރާއްޖޭގައި 255،280 މީހުން ވަނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފަ އެވެ.

އެޗްޕީއޭއިން އާޢްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު  ބުރާސްފަތި ދުވަހު އެކަނިވެސް 4،048 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ވަނީ ޖަހާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 1،671 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ވެކްސިން ޖެހި 2،377 މީހުންނެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު ބުދަ ދުވަހު 398 މީހަކުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 280 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 118 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 320،457 އަށް އަރާފަ އެވެ.

މުޅި ރާއްޖޭގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި 2ވަނަ ޑޯޒް ޖަހަމުން އަންނައިރު، ކޮވިޝީލްޑްގެ ދެވަނަ ޑޯޒްވެސް މިހާރު ވަނީ އަލުން ޖަހަން ފަށާފަ އެވެ. އެގޮތުން މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން އެޗްޕީއޭއިން ކުރިއަށްގެންދެ އެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް މާލެސަރަހައްދުގައި 2 މޮބައިލް ޓީމް ހަރަކާތްތެރިވަމުން ދެއެވެ. އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.