ރައީސް ޔާމީން ބޭނުންފުޅުވަނީ ބޭސްފަރުވާއަށް ބޭރަށް ވަޑައިނުގެން ގެއަށް ވަޑައިގަތުމަށް: ޢިމްރާން

ރައީސް ޔާމީން ބޭނުންފުޅުވަނީ ބޭސްފަރުވާއަށް ބޭރަށް ވަޑައިނުގެން ގެއަށް ވަޑައިގަތުމަށް: ޢިމްރާން

Author
މުޙައްމަދު ޖިމީ
24 އޮކްޓޯބަރ 2020 11:15
0

ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާ ބޭނުންފުޅުވަނީ ގެއަށް ވަޑައިގަތުމަށްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ދައުލަތުގެ މީޑިއާ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް ޔާމީން ރާއްޖެއިން ބޭރުން ހައްދަވަންޖެހޭ ޓެސްޓެއް ހެއްދެވުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާކަމަށެވެ. އަދި ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓެވުމަށްވެސް ޑޮކްޓަރުން ލަފާދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީން އެކަން ބޭފުޅު ނުކުރެއްވިކަމަށާއި، އެމައްސަލާގައި މިނިސްޓަރ އިމްރާން ރައީސް ޔާމީނާއި ބައްދަލުކުރައްވާ ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގަތުމަށް އެދިވަޑައިގަތުމުންވެސް އެފުރުޞަތުގެ ބޭނުން ނުހިއްޕަވާ ބޭނުންފުޅުވަނީ ގެއަށް ބަދަލުވާންކަމަށް ރައީސް ޔާމީން ދެންނެވިކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިސަރަހައްދުން ރައީސް ޔާމީން ބޭނުންފުޅު ކޮންމެ ޤައުމަކަށް ވަޑައިގަތުމަށް ފުރުޞަތު ދެއްވިކަމަށެވެ.

ވިދާޅުވީ ބޭރަށް ވަޑައި ނުގަންނަވާނަމޭ ގެއަށް ގެންގޮސްދޭށޭ. އަޅުގަނޑު ދެންނެވިން ޑޮކްޓަރު ވިދާޅުވެފައި މިއޮތީ އެޓެސްޓު ނުހެދޭތީ އެޓެސްޓް ހެއްދެވުމަށޭ، އޭގެފަހުންނޭ ޑޮކްޓަރަށް ވަކިސީދާ އެއްޗެއް ދަންނަވަން އެނގޭނީ. އޭގެ ދެވަނަ ބައެކޭ ސްޓްރެސްފްރީ މާހައުލެއްގައި ބެހެއްޓުން. ފުރަތަމަ ބައި ފުރިހަމަކޮށްފައިނޫންތޯއޭ ދެވަނަ ބައި ފުރިހަމަކުރަންވާނީ.

-ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

އިމްރާންގެ ވާހަކަފުޅުގައި ރައީސް ޔާމީން ހުންނެވީ ފެންވަރު ރަނގަޅު މާހައުލެއްގައިކަމަށް ވިދާޅުވިއެވެ. އެގޮތުން ހޫނު ފެން ލިބޭނެކަމަށާއި، ޖަލަކަށްވުރެ ރަނގަޅު ފެންވަރުގެ ޚިދުމަތް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމަށެވެ.

ރައީސް ޔާމީން އެހުންނެވި މާހައުލަކީ ދެން ޖަލެއްގެ ތެރޭގައި ވަކި އެއަށްވުރެ ރަނގަޅުތަކެއް ޤާއިމްކުރެވޭނޭ އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެ އިނގޭތޯ. ޖަލެއްގެ ތެރޭގައި. އަޅުގަނޑުމެން ތިބިއިރު ތިބިގޮތާ އެހާލާ ރައީސް ޔާމީން އެހުންނެވި ހާލަތާ އެނގިވަޑައިގަންވާ ބޭފުޅުންނަށް އެނގޭނެ އަޅުގަނޑު މިދަންނަވަނީ ކޮން ވާހަކައެއްކަން. ހޫނު ފެނުން ފެންވެރޭގޮތަށް ބަހައްޓާފައި ހުންނާނީ. އަނެއްހެން ބަލާނަމަ މުހިންމު ވާހަކައެއް މިއީ. އަޅުގަނޑުމެން ތިބެންޖެހުނުގޮތާ ހާލަތުގެ ގޮތުން ފިނިބޮޑުވެގެން ގޮސް ފިނިވާދުވަވަރެއްގަ ރޯގާ ޖެހިގެން ގޮސް ސަލާމަތްނުވެގެން އުޅޭންޖެހުނު ޙާލަތާ އިނގޭތޯ. ވަރަށް ތަފާތުވާނެ.

-ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް ޔާމީން ބޭރަށް ވަޑައިގެން ޓެސްޓް ހައްދަވާ އެޓެސްޓްތަކުގެ މައްޗަށް ބިނާކޮށް ޖަލުގައި ބެހެއްޓުން އެއީ ކަމުނުދާ މާހައުލެއްކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެނަމަ އެގޮތަށް އަމަލުކުރައްވާނެކަމަށެވެ. ރައީސް ޔާމީނަކީ ޖަލު ޙުކުމެއް ތަންފިޒް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމށާއި، އިޖުރާއަތްތައް ފުރިހަމަކުރެއްވުމަށް ފަހު ގެއަށް ބަދަލު ކުރައްވަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަގެ މައްސަލަ ވަނީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައެވެ. އެމަނިކުފާނުގެ މައްޗަށް ވަނީ 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާ 5 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.