ޕަވިތުރަ ރިޝްތާ-2: ސުޝާންތުގެ ބަދަލުގައި ޝަހީރް ޝެއިޚް!

ޕަވިތުރަ ރިޝްތާ-2: ސުޝާންތުގެ ބަދަލުގައި ޝަހީރް ޝެއިޚް!

Author
ފާތިމަތު ނާވީ
14 ޖުލައި 2021 06:50
0

މީގެ 12 އަހަރު ކުރިން ގެނެސްދިން ޓީވީ ޑްރާމާ "ޕަވިތުރަ ރިޝްތާ"ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

2009 ވަނަ އަހަރު ޒީ ޓީވީން ގެނެސްދިން މި ޑްރާމާ ވަނީ ގިނަ އެވޯޑްތަކެއް ހާސިލުކޮށްފަ އެވެ. މި ޑްރާމާގެ ލީޑް ރޯލުން ފެނިގެން ދިޔަ، ސުޝާންތު ސިންގް ރާޖްޕުތާއި އަންކިތާ ލޮކަންޑޭ ވަނީ ގިނަބަޔެއްގެ މަގުބޫލުކަން ހޯދާފަ އެވެ.

އަދި ހަމަ އެހެންމެ މި ޑްރާމާ ކުޅުނު ދުވަސްވަރު މި ދެތަރިން ވަނީ ލޯބީގެ ގޮތުން ގުޅިފަ އެވެ. ނަމަވެސް ފަހުން މި ގުޅުން ނިމި ދެމީހުންގެ ހަޔާތަށް ވަނީ އައު ބައިވެރިން އައިސްފަ އެވެ.

މި ޑްރާމާގެ މަގުބޫލުކަމާއިއެކު ސުޝާންތަށް ވަނީ ބޮލީވުޑުންވެސް ފުރުސަތުތަކެއް ލިބި މަގުބޫލު އެކްޓަރެއްގެ ދަރަޖަ ހޯދާފަ އެވެ. ނަމަވެސް ސުޝާންތު ވަނީ 2020 ވަނަ އަހަރު އަމިއްލައަށް މަރުވެފަ އެވެ.

ކުރީގެ ކާސްޓު ހިމަނައިގެން މިގޭ ދެވަނަ ސީޒަން ގެނެސްދޭއިރު ސުޝާންތުގެ ބަދަލުގައި މި ރޯލަށް ނަގާފައިވަނީ ޝަހީރު ޝެއިޚް އެވެ. މިތަރިންގެ ފަސްޓް ލުކްވެސް ބާލާޖީން މިހާރު ދައްކާލާފައި ވާއިރު، މި ޑްރާމާގެ ޝޫޓިންގް ވެސް މިހާރު ވަނީ ފަށާފަ އެވެ.

މި ޑްރާމާގައި އެންމެ ބޮޑަށް ބެލުންތެރިން ގަޔާވީ ސުޝާންތާއި އަންކިތާގެ ކެމިސްޓްރީ އެވެ. މިހާރުގެ ސުވާލަކީ ޝަހީރަށް އެފަދަ އެކްޓިންގ އެއް ދެއްކިދާނެތޯއެވެ.؟ ޝަހީރަކީ ވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލް ތަރިއެކެވެ.

ސުޝާންތުގެ ފޭނުން ދަނީ މި ޑްރާމާ ބޮއިކޮޓް ކުރުމަށް ގޮވަމުންނެވެ. އެމީހުން ވަނީ ސޯޝަލް މީޑިއާގައި ހޭޝްޓެގް ބޮއިކޮޓް ޕަވިތްރަ ރިޝްތާގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއްވެސް ފަށާފަ އެވެ.

ސުޝާންތުގެ ފޭނުން ގަބޫލުކުރާ ގޮތުގައި އޭނާ އަދާކުރި ރޯލު އެފެންވަރަށް ކުޅެވޭނެ އިތުރު މީހަކު ނުހުންނާނެ އެވެ. އަދި ސުޝާންތަށް އިންސާފު ނުލިބޭ ކަމަށާއި، އޭނާ އަކީ ބޮލީވުޑްގައި ނެޕޮޓިޒަމްގެ ޝިކާރައަށްވީ އެކްޓަރެއް ކަމަށްވެސް ސުޝަންތުގެ ސަޕޯޓަރުން ގެންދަނީ ބުނަމަުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.