"ޓައިގާ 3″ގެ ޝޫޓިންގ މިމަހު 23ގައި އަލުން ފަށަނީ!

"ޓައިގާ 3″ގެ ޝޫޓިންގ މިމަހު 23ގައި އަލުން ފަށަނީ!

Author
ފާތިމަތު ނާވީ
14 ޖުލައި 2021 07:09
0

ކޯވިޑްގެ ސަބަބުން ޝޫޓިންގ ހުއްޓާލައިފައިވާ "ޓައިގާ 3″ ގެ ޝޫޓިންގ މި މަހު 23 ގައި އަލުން ފެށުމަށް ނިންމައިފި އެވެ.

މިއީ ސަލްމާން ޚާނާއި ކެޓްރީނާ ކައިފް ފެނިގެންދާ ފިލްމެ ކެވެ. ސަލްމާންގެ "ޓައިގާ" ފިލްމުތައް ގެނެސްދެމުން އަންނަނީ ސިލްސިލާކޮށެވެ. އެގޮތުން މިއީ މި ސިލްސިލާގެ 3 ވަނަ ފިލްމެވެ.

ފިލްމުގެ ގިނަ މަންޒަރުތަކެއް އިންޑިއާއިން ބޭރުގައި ނެގުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބައެއް މަންޒަރުތަށް ނެގުމަށް ޔޫރަޕުގެ ބައެއް ގަމުތަކަށް އަންނަ މަހުގެ 12 ވަނަ ދުވަހު ސަލްމާނާއި ކުރޫ ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމުގައި ނުބައި މީހެއްގެ ރޯލުން ފެނިގެންދާނީ އިމްރާން ހާޝިމީ އެވެ. ދާދި ފަހުން އޭނާ ވަނީ މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑަށް ގެެނެސްފައިވާ ބަދަލު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ.

 

View this post on Instagram

 

A post shared by Emraan Hashmi (@therealemraan)

އަދިއްތިޔާ ޗޯޕްރާގެ ޔަޝް ރާޖް ފިލްމްސް އިން ގެނެސްދޭ މި ފިލްމަށް ހާއްސަކޮށް އަދިއްތިޔާ ވަނީ ގޯރޭގާއޯގައި އަގުބޮޑު ސެޓެއްވެސް ޤާއިމުކޮށްފަ އެވެ. ނަމަވެސް އިންޑިއާއަށް އެރި ބާރުގަދަ ތޫފާން ޓައުކްޓީގައި މި ސެޓުވަނީ ސުންނާފަތިވެފަ އެވެ.

ދާދި ފަހުން ސަލްމާން ވަނީ އޭނާގެ ފިލްމް "އަންތިމް: ދަ ފައިނަލް ޓްރޫތް" ގެ ޝޫޓިން ނިމިފައިވާ ކަން އިއުލާންކޮށްފަ އެވެ. އެ ފިލްމަކީ ގިނަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ. އަންތިމްގައި ސަލްމާނާ އެކު ފެނިގެން ދާނީ އޭނާގެ ޅިޔަނު އަޔުޝް ޝަރްމާ އެވެ. މިއީ މި ދެމީހުން ސްކުރީން ހިއްސާކުރާ ފުރަތަމަ ފިލްމެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.