އެވެލީން ބަނޑުބޮޑު!

އެވެލީން ބަނޑުބޮޑު!

Author
ފާތިމަތު ނާވީ
13 ޖުލައި 2021 07:27
0

އެކްޓްރެސް އެވެލީން ޝަރުމާ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން އިއުލާން ކޮށްފިއެވެ.

އިންސްޓަގްރާމުގައި ފޮޓޯއެއް ހިއްސާކުރަމުން އެވެލީން ބުނެފައިވަނީ ދަރިފުޅު އުރާލުމަށް ކެތްމަދުވެފައި ވާކަމަށެވެ. މި ފޮޓޯގައި އެވެލީން ސަން ބެޑެއްގައި އޮށޯވެލައިގެން އޮތް އިރު ކަޅު ކުލައިގެ އަވިއައިނެއް ވަނީ އަޅާފަ އެވެ. އަދި ހުދާއި އޮރެންޖު ކުލައިގެ ބާތިން ސޫޓެއްގައި އޮތީ އެއް އަތުން ބަނޑުގައި ހިފަހައްޓާލައިގެންނެވެ.

 

View this post on Instagram

 

A post shared by Evelyn Sharma (@evelyn_sharma)

އެވެލީން ވަނީ ދާދިފަހުން ސިޑްނީގައި ދިރިއުޅެމުން އަންނަ ސާޖަން އެއް ކަމަށްވާ ތުޝާން ބިންދީ އާއި ކައިވެނި ކޮށްފައިއެވެ. އަދި މިދިޔަ ޖޫން 7 ވަނަ ދުވަހު ސޯޝަލް މީޑީއާގައި މިމީހުންގެ ކައިވެނީގެ ފޮޓޯތަކެއް ވަނީ ދައުރުވެފަ އެވެ. އަދި އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އެވެލީން ވަނީ ހަނީމޫން ގެ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ. ނަމަވެސް އެއީ ކޮންތާކު ނަގާފައިވާ ފޮޓޯތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Evelyn Sharma (@evelyn_sharma)

އާދީއްތަ ދުވަހު ބަނޑުބޮޑު ކަމުގެ ޚަބަރު ހިއްސާ ކުރުމަށްފަހު އެވެލީން އިއްޔެ ވަނީ އޭނާގެ 35 ވަނަ އުފަންދުވަސް ފާހަގަ ކޮށްފައެވެ. އޭނާ އަމިއްލަ އަށް އަޅާފައިވާ ކޭކަކާއި އެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކުރަމުން އެވެލީން ބުނެފައިވަނީ މި ކޭކް އެޅުމަށް 6 ގަޑިއިރު ހޭދަކުރި ކަމަށެވެ. އަދި މީ އޭނަ ގެ ފޭވަރިޓް ކޭކައި ވަރަށް ގާތްކުރާ ރަހައެއްލާ ކޭކެއްކަމަށް ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Evelyn Sharma (@evelyn_sharma)

ޖަރުމަނަށް ނިސްބަތްވާ މޮޑެލް އަދި އެކްޓަރ ގިނައިން ފެނިފައިވަނީ ބޮލީވުޑްގެ ފިލްމުތަކުންނެވެ. އެގޮތުން "ޔޭޖަވާނީ ހޭ ދިވާނީ"، "ހިންދީ މީޑިއަމް"، އަދި ޓެލެގޫ ސުޕަރހިޓް "ސާހޯ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.