ހިޔާފްލެޓް ލިބުނު ފަރާތްތައް އެއްބަސްވުމުގައި ސޮއިކުރުމުގެ ތާވަލް އެޗްޑީސީން އާންމުކޮށްފި

ހިޔާފްލެޓް ލިބުނު ފަރާތްތައް އެއްބަސްވުމުގައި ސޮއިކުރުމުގެ ތާވަލް އެޗްޑީސީން އާންމުކޮށްފި

Author
ޢަލީ އާދަމް
12 ޖުލައި 2021 08:35
0

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 6720 ފްލެޓަށް ހޮވިފައިވާ ފަރާތްތަކުން ފްލެޓްގެ އެއްބަސްވުންތަކުގައި ސޮއިކުރާނެ ތާވަލް އެޗްޑީސީން އާންމުކޮށްފި އެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށްދާނީ އަންނަ ބުދަދުވަހުން ފެށިގެން 15 އޮގަސްޓާއި ހަމައަށް ކަމަށެވެ. އެގޮތުން އެކި ދުވަސްތަކުގައި އެކި ކެޓަގަރީތަކުގެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކާ އެކު އެއެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ހުރަވީ ސްކޫލްގެ ހޯލްގައި ކުރިއަށްދާނެ ކަމަސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރެވޭނީ، އެއްބަސްވުން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހިމެނޭ ދެ ފޯމް ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށައަޅާ ފަރާތްތަކަށެވެ. ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރަމުންދާ ވަރަކަށް ފްލެޓްގެ ތަޅުދަނޑިތައް ހަވާލުކުރަމުން ކަމަށް އެޗްޑީސީން މީގެކުރިން ވަނީ ބުނެފަ އެވެ.

ފްލެޓްތަކުގެ ހައްގުވެރިން ފްލެޓާއި ހަވާލުވުމަށްފަހު އެތަނުގެ ފިނިޝިންގގެ މަސައްކަތްތައް ނިންމުމަށް 3 މަހުގެ މުހުލަތެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެ މުއްދަތު ގުނަން ފަށާނީ ފްލެޓްތަކަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެވުމުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެހެންކަމުން އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ފްލެޓްތައް ބޭނުންކުރަން ހުޅުވާލެވޭނީ ކަރަންޓާއި ފެނުގެ ހިދުމަތް ފްލެޓްތަކަށް ފޯރުކޮށްދެމުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ފްލެޓްތައް ލިބުނު ފަރާތްތަކަށް ފްލެޓްތައް ބަލާލުމުގެ ފުރުސަތު އެޗްޑީސީން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.