މިއީ ހަނދާނުން ފޮހެ ނުލެވޭވަރުގެ ބޮޑު ކާމިޔާބީއެ: މެސީ

މިއީ ހަނދާނުން ފޮހެ ނުލެވޭވަރުގެ ބޮޑު ކާމިޔާބީއެ: މެސީ

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2021 01:08
0

ބްރެޒިލް ބަލިކޮށް ކޮޕަރ އެމެރިކާގެ ތަށި އާޖެންޓީނާ އުފުލާލުމަކީ ފުޓުބޯޅަ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބުގެ ގޮތުގައި އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަޤަބު ހޯދާފައިވާ ލިއޮނަލް މެސީ ބުނެފިއެވެ.

އުމުރުން 34 އަހަރުގެ މެސީ ޤައުމީ ޓީމަށް ކުޅެން ފެށި ފަހުން މީ އެޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން މެސީ ބުނެފައިވަނީ މިއީ ހަނދާނުން ފޮހެ ނުލެވޭވަރުގެ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިކާމިޔާބީއާއިއެކު ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށް މެސީ ވަނީ ބުނެފައެވެ. މެސީ ވަނީ މެޗަށްފަހު، މެޗުގައި ފެނުނު ހަމައެކަނި ގޯލް ކާމިޔާބުކުރި ޑިމާރިއާ އަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އާޖެންޓީނާ ގައުމީ ޓީމުގައި މެސީއަށް އަށް މިހާތަނަށް ކާމިޔާބު ލިބުނީ 20 އަހަރުންދަށުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ އޮލިމްޕިކްސް ގައެވެ. މި ދެ މުބާރާތް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގައި މެސީ ހިމެނުނެވެ. އެއާއެކު އޭނާ ދެން އަމާޒުހިފީ ސީނިއާ ޓީމަށް ތައްޓެކެވެ.

ރޭ ފަތިހު ކުޅުނު ފައިނަލް އާޖެންޓީނާ ކާމިޔާބުކުރީ 1-0 ގެ މޮޅަކުންނެވެ. އާޖެންޓީނާއަށް މުބާރާތަކުން ޗެމްޕިއަންކަން މި ލިބުނީ 28 އަހަރަށްފަހުއެވެ.

އާޖެންޓީނާ އެންމެ ފަހު މުބާރާތަކުން ޗެމްޕިއަންކަން ހޯދާފައިވަނީވެސް ކޮޕަރ އެމެރިކާއިންނެވެ. އެއީ 1993 ވަނަ އަހަރުގެ މުބާރާތެވެ. އޭގެފަހުން ބޮޑެތި 16 މުބާރާތެއްގައި ކުޅުނު ނަމަވެސް ތައްޓެއް ލިބިފައެއްނުވެއެވެ. އެހެންނަމަވެސް މީވީ 28 އަހަރުގެ ތެރޭގައި 5 ފައިނަލެއްގައި އެޓީމުން ވަނީ ވާދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.