އިމްރާން ހާޝިމީ ސިކްސްޕެކް ދައްކާލައިފި

އިމްރާން ހާޝިމީ ސިކްސްޕެކް ދައްކާލައިފި

Author
ފާތިމަތު ނާވީ
12 ޖުލައި 2021 06:35
0

އެކްޓާ އިމްރާން ހާޝިމީ އޭނާގެ "ސިކްސްޕެކް" ހަށިގަނޑު ދައްކާލައިފި އެވެ.

މީ އެތަށް ދުވަހަކު ޖިމަށް ގޮސްގެން އޭނާ ހަށިގަނޑަށް ގެނެސްފައިވާ ބަދަލެކެވެ. މި ބަދަލު އޭނާ ގެނެސްފައި މިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ޓައިގާ-3″ އަށެވެ. މި ފިލްމުގައި އިމްރާން ހާޝީމީ އާއި އެކު ސަލްމާން ޚާން އަދި ކެޓްރީނާ ކައިފް ވެސް ފެނިގެން ދާނެއެވެ.

42 އަހަރުގެ އިމްރާން އިންސްޓަގްރާމްގައި ވަނީ އޭނާގެ ސިކްސްޕެކް ފެންނާނެހެން ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ޝާޓްލެސް މި ފޮޓޯގައި އިމްރާން ހަށިގަނޑަށް ގެނެސްފައިވާ ބަދަލް ވަރަށް ރީތިކޮށް ފެންނަށް ހުރެއެވެ.

 

View this post on Instagram

 

A post shared by Emraan Hashmi (@therealemraan)

ޓައިގާ ސިލްސިލާގެ 3 ވަނަ ފިލްމުގައި އިމްރާން ފެނިގެން ދާނީ ނުބައިބައި މީހެއްގެ ރޯލުންނެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ތިން މަހުގެ މެދުކެނޑުމަކަށްފަހު މި ފިލްމުގެ ޝޫޓިން މި މަހުގެ 23އަށް ވަނީ ޝެޑިއުލް ކޮށްފަ އެވެ. އަދި އިންޑިއާއިން ބޭރުގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވާ ބައިތަށް އޯގަސްޓަށް ތާވަލް ކޮށްފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.