އިންކުއަރީގައި ޕީޕީއެމް/ޕީއެންސީން އިސްކުރީ ޤައުމީ މަސްލަހަތާއި އިންސާފު: އާދަމް ޝަރީފް

އިންކުއަރީގައި ޕީޕީއެމް/ޕީއެންސީން އިސްކުރީ ޤައުމީ މަސްލަހަތާއި އިންސާފު: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
08 ޖުލައި 2021 12:13
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން އެކުލަވާލި އިންކުއަރީގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން އިސްކޮށްފައިވާނީ ޤައުމީ ވިސްނުމާއި މަސްލަހަތުކަމަށް، ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދެމުން އަންނަ ސެކިއުރިޓީ ބްރީޗްވިގޮތާއި ގުޅޭގޮތުންމަޖިލީހުން ހެދި އިންކުއަރީ ރިޕޯޓް ރޭ ވަނީ ކޮމިޓީން ފާސްކޮށްފައެވެ، އެ ރިޕޯޓްގައި ޖުމްލަ 45 ހުށައެޅުމެއް ހިމަނާފައިވެއެވެ.

ކޮމިޓީން އެ ރިޕޯޓް ފާސްކޮށްފައިވާއިރު، އެކަމާއި ގުޅޭގޮތުން ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އިންކުއަރީގައި ޕީޕީއެމް/ޕީއެންސީ އިން އިސްކޮށްފައިވާނީ ޤައުމީ ވިސްނުމާއި ޤައުމީ މަސްލަހަތާއި، އިންސާފާއި ހަމަހަމަކަންކަމަށެވެ. އަދި ދައްކާފައިވާނީ ޒިންމާދާރުކަމާއި، އިޚްލާސްތެރިކަންކަމަށާއި، ހިފަހައްޓާފައިވާނީ ނަޒާހަތްތެރިކަމާއި ތެދުވެރިކަންކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އިންކުއަރީގައި ޕީޕީއެމް/ޕީއެންސީ އިން އިސްކޮށްފައިވާނީ ޤައުމީ ވިސްނުމާއި ޤައުމީ މަސްލަހަތަށް، އިންސާފާއި ހަމަހަމަކަން. ދައްކާފައިވާނީ ޒިންމާދާރުކަމާއި، އިޚްލާސްތެރިކަން. ހިފަހައްޓާފައިވާނީ ނަޒާހަތްތެރިކަމާއި ތެދުވެރިކަން.

– އާދަމް ޝަރީފް ޢުމަރު

ރޭ ކޮމިޓީން ފާސްކުރި އިންކުއަރީ ރިޕޯޓްގައި ހިމަނަފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ރައީސް ނަޝީދު ދިރިއުޅުއްވާ އަދި ނޫޅުއްވާ ވަގުތުގައި ވެސް އެ މަނިކުފާނުގެ ގެކޮޅަށް ވަދެ ނުކުމެވާ މީހުން ކޮންޓްރޯލްކޮށް ހަތިޔާރާ އެކު 24 ގަޑި އިރު ފޯރިމެރުމމާއި، އެމަނިކުފާނުގެ ގެކޮޅުގެ އިވެކުއޭޝަން ޕްރޮސީޖާ ކަނޑައަޅައި، އެކަމަށް މީހުން ތައްޔާރުކުރުން ހިމެނެއެވެ. އަދި ރައީސް  ނަޝީދު ދަތުރުފުޅު ކުރައްވާ ކާރަކީ ސްޓޭންޑާޑް އާމޯޑް ކާރަކަށް ހެދުމާއި، އެމަނިކުފާނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތައް އަަހަރަކު އެއް ފަހަރު ވެޓްކުރަމުން ގެންދިއުމާއި، ގެކޮޅުގެ ސީސީޓީވީ ބޭނުންކޮށްގެން މޮނިޓާ ކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން މި ހަމަލާއާއި ހަމައަށް ދިއުމުގައި  އިހުމާލުވީ އަދި ޒިންމާ އަދާނުކުރި ފަރާތްތައް ވަކިކޮށް ފިޔަވަޅު އެޅުމަސްވެސް އެރިޕޯޓްގައި ހިމަނާފައިވެއެވެ. ކޮމިޓީގެ ރިޕޯޓްގައި ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންނާއި ފުލުހުންނާ މަޝްވަރާކޮށް، ރައީސަށް ލަފާދޭ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް ހަމަޖެއްސުމާއި، ސިފައިންގެ ހިދުމަތް ޒަމާނީ ކުރުމަށްޓަކައި ގާނޫނަށް ބަދަލުގެނައުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭސްއެއް ގާއިމްކުރުމާއި، ޓެރަރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް މީޑިއާތައް ހޭލުންތެރިކުރުވުމުގެ އިތުރުން  އިންޓެލިޖެންސް މައުލޫމާތު ރައްކާތެރިކަމާ އެކު ބަލަހައްޓަން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމްކުރާ އޮނިގަނޑު ގާއިމްކުރުންވެސް ހިމެނެއެވެ. އަދި  ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އިންޓެލިޖެންސް މައުލޫމާތު ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ހިއްސާކުރާނެ ނިޒާމެއް ވީ އެންމެ އަވަހަކަށް އެކުލަވާލައި،  ޓެރިރަޒަމް ހުއްޓުވަން މަސައްކަތްކުރާ އިދާރާތަކުގެ މެދުގައިވާ ފުށުއެރުންތައް ނައްތައިލުމަށްޓަކައި އިދާރާތަކުގެ ދައުރު ސާފުކޮށް ބަޔާންކުރުންވެސް ކޮމިޓީން ފާސްކުރި އޮންކުއަރީގައިވެއެވެ.

މީގެ އިތުރުން ރިޕޯޓްގައި ވަނީ، އިންޓެލިޖެންސާ ބެހޭ ހާއްސަ ގާނޫނެއް ހެދުމަށާއި، އިދާރާތަކުން ނެރޭ ނަތީޖާއަށް ބަލައި ކައުންޓަ ޓެރަރިޒަމްގެ ބަޖެޓް ކަނޑައެޅުމަށާއި، ހަރުކަށި ފިކުރު ފެތުރުނަ ނުދިނުމަށް މުޅި ސަރުކާރާއި މުޖުތަމައު ޝާމިލްވާ “ހޯލް ގަވަމެންޓް، ހޯލް ސޮސައިޓީ އެޕްރޮޗް” ތަންފީޒުކުރުން އަވަސްކުރުމަށާއި، އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީން އެކަމުގައި އަދާކުރާނެ ދައުރު ކަނޑައެޅުމަސްވެސް ހިމަނަފައެވެ.

އަސްލަމް ވަނީ އެ ރިޕޯޓް އެކުލަވާލުމަށް ކޮމިޓީގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަސްލަމް ވިދާޅުވީ، ރިޕޯޓްގައި ހިމެނޭ އިދާރީ ކަންކަން އިޞްލާހުކުރުމަށްފަހު ޢާންމު ކުރައްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.