މިޔަރު އުރަހަތައް ބޭރުކުރަން އުޅޭނިކޮށް އަތުލާގަތް މީހުންގެ މައްޗަށް ދަޢުވާކޮށްފި

މިޔަރު އުރަހަތައް ބޭރުކުރަން އުޅޭނިކޮށް އަތުލާގަތް މީހުންގެ މައްޗަށް ދަޢުވާކޮށްފި

Author
މުޙައްމަދު ޖިމީ
06 ޖުލައި 2021 04:39
0

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ސިއްރުން މިޔަރު އުރަހަތަކެއް ދިވެހިރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައިގައި ދެމީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވަނީ މ. ސެންޓްރޯސެމާ، ޢައްބާސް ޢަބްދުﷲއާއި، ހދ. ކުޅުދުއްފުށި، ކިރުދޫނިގެ، އަޙްމަދު މުޙައްމަދުގެ މައްޗަށެވެ. މިގޮތުން  އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުމާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، އޮޅުވާލުމުގެ ޢަމަލެއްކުރުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މިއަހަރުގެ ޖެނުއަރީ 3 ގައި ކަސްޓަމްސްއިން ބުނެފައިވަނީ، ރާއްޖެއިން ބޭރު ކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ އަތުލައިގެންފައި ވަނީ ލޮނުމަހުގެ ނަމުގައި އޮޅުވާލައިގެން ބޭރުކުރަން މަސައްކަތް ކުރަނިކޮށް ކަމަށެވެ. ކަސްޓަމުން ބުނީ 21 ގަނޑު ފޮށީގައި ބަންދު ކޮށްގެން ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 429 ކިލޯގެ މިޔަރު އުރަހަ އަތުލައިގަތީ ކަސްޓަމްސާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގުޅިގެން ކަމަށެވެ.

އަތުލައިގަތް މިޔަރު އުރަހަ ބޭރުކުރަން އުޅުނީ ލޮނުމަހުގެ ނަމުގައި: ކަސްޓަމްސް

ރާއްޖޭގައި ހިމާޔަތްކޮށްފައި ވާތީ މިޔަރުގެ ބާވަތްތަކަކީ އިފުމާއި ގެންގުޅުން މަނާއެއްޗެކެވެ. އަދި މިޔަރުގެ މަސްވެރިކަން ކުރުމާއި އެކްސްޕޯޓު ކުރުމަކީ ވެސް ރާއްޖޭގައި މަނާކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.