ދެ ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އޮނަރަރީ ކޮންސުލްއަށް، ރާއްޖޭގައި އެގައުމުތަކުގެ އޮނަރަރީ ކޮންސިލްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދެއްވައިފި އެވެ.
މިއަދު އޮނަރަރީ ކޮންސިލްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައިގެ ލިޔުން (އެގްޒެކެޓަރ) ހަވާލުކުރެއްވީ ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އެގައުމުގެ އޮނަރަރީ ކޮންސުލް މުޙައްމަދު އަލީ ޖަނާހާއި، އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އެގައުމުގެ އޮނަރަރީ ކޮންސުލް ޖަޢުފަރު އީސާ އާދަމަށެވެ.

އެކި ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އޮނަރަރީ ކޮންސުލުންނަކީ އެގައުމުތަކުގެ ސަރުކާރުން ކަނޑައަޅުއްވާ، އެގައުމުތަކުން ރާއްޖޭގައި ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތަކުގައި އެހީތެރިވުމަށް ތިއްބަވާ ބޭފުޅުންނެވެ.
ވިއެނާ ކޮންވެންޝަންސްގެ ދަށުން، އޮނަރަރީ ކޮންސުލްގެ ގޮތުގައި ގައުމުތަކުން ކަނޑައަޅާ ބޭފުޅުން، ރާއްޖޭގައި އޮނަރަރީ ކޮންސުލްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދިވެހި ސަރުކާރުން ދޭން ޖެހެއެވެ.
ކޮމެންޓު ފޮނުވާ