މިހާރުވެސް ހިދުމަތް ލިބެނީ ސަލާން ޖަހައިގެން: އާޒިމް

މިހާރުވެސް ހިދުމަތް ލިބެނީ ސަލާން ޖަހައިގެން: އާޒިމް

Author
މުޙައްމަދު ޝަޒައިމް
05 ޖުލައި 2021 11:34
0

އެކިއެކި ބޭނުންތަކުގައި ރައްޔިތުން ބޭނުންވާ ޚިދުމަތް ހޯދުމަށް މިހާރުވެސް ޖެހެނީ ސަލާން ޖަހަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީގެ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާ ކުރުން ހުއްޓުވަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރަށް މިއަދު ކުރި ބަހުސްގައި އާޒިމް ވިދާޅުވީ ގާނޫނުތަކާއި އުސޫލުތައް ހެދިފައި ހުރި ނަމަވެސް އެ ކަންކަން ތަންފީޒު ކުރުމުގައި މައްސަލަަތަކެއް އުޅޭ ކަމަށާއި ޖިންސީ ގޯނާ ފަދަ މައްސަަލަތައް ހުށަހަޅަން މީހުން ފަސް ޖެހެނީ ވެސް އެހެންވެ ކަމަށެވެ. ހަމަ އެެހެންމެ ކަންކަން ނުވެގެން ވުޒާރާތަކުގެ އިސްވެރިންނަށް ގުޅައިގެން ކަންކަން ކުރުމުގެ ސަގާފަތެއް ދެމިގެން ގޮސްފައިވާ ކަމަށެވެ.

މިސާލަކަށް އައިޖީއެމްއެޗަށް ގޮސް ފަރުވާ ހޯދުމަށްފަހު ކޮޓަރިއެއް ހޯދާލަންވީމާ މި ޖެހެނީ އެތަނުގައި އިންނަ އެންމެ މަތީ މީހާއާ ގުޅައިގެން ކޮޓަރިއެއް ލިބޭތޯ ބަލަން. އާސަންދަ ހޯދަން ވެއްްޖިއްޔާ ކޮންމެވެސް މެމްބަރަަކަށް އާންމު ރައްޔިތަކު ގުޅައިގެން ނޫނިއްޔާ އެކަން ވާތަނެއް ނުފެނޭ. މިއީ މިއަދުގެ މި ސަރުކާރުގެ އޮތް ކަމެއް ނޫން.

– އަލީ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ގަރާރު ހުށަހެޅުއްވި މެންބަރު އާދަމް ޝަރީފަށް ވެސް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފައެވެ. ކުރީގެ ސަރުކާރުގެ ކެބިނެޓުގައި އޭނާ އިންނެވިއިރު ކުރެވުނު ކަމެއް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި، އާންމު ރައްޔިތަކު ދައުލަތުގެ އިދާރާއަކުން ޚިދުމަތް ހޯދަން އުޅެފިނަމަ ގާނޫނުތަކާއި ގަވާއިދުތަކުގައި އޮންނަ ގޮތުގެ މަތިން އަވަހަށް ޚިދުމަތް ދިނުން އަދިވެސް އިދާރާތަކުގެ ނެތެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި އަދިވެސް އޮތް ސަގާފަތަކީ ދައުލަތުގެ އެ ވުޒާރާގެ އިސް ބޭފުޅަކު ނޫނީ ވަޒީރަކު ކައިރީ ސަލާން ޖަހައިގެން އާދޭސްކޮށްގެން ނޫން ގޮތަކަށް އާންމު ކުޑަ ޚިދުމަތެއް ވެސް ނުލިބުމެވެ.

މިއީ ރާއްޖޭގައި މާޒީވި ސަގާފަތެއް ކަމަށާއި، މިއަދުވެސް މިސަގާފަތް އޮތްކަމީ ނުހަނު ހިތާމަ ކުރައްވާކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިއީ މިހާރު ބަދަލުވާންޖެހޭ ސަގާފަތެއްކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ަ ަރަޝީދު
ޢާޒިމްގެވާހަކަފުޅައް ތާއިދުކުރަން ކުރިންސަލާމްޖެހީ ތީމުގޭފާރުބުނޑުގަ މިހާރުސަލާމްޖަހަނީ ދާއިރާ މެމްބަރު ގޭގެ ފާރުބުނޑުގަ ރައްޖެތެރެއިން ހަދިޔާ ވެސްފުނުވަނޖެހޭ ނުވިތާކަން ރަށައްއަންނަ ފަހަރު އެހެން ކަންތަށް ތަށް ވެސް ކުރަން މަގުފަހި ކުރުވަންޖެހޭ
ލ ލލ
ކޮންމެސް ޤަރާރެ ހުށަހަޅައިގެން ހަރުގެ އުސޫލުން އަޑުގަދަކޮށް ތިމަންމެން ރައްޔިތުން ނަށް ކަންކޮށްދޭކަން ދައްކަން ހަޅޭލަވާ ލުމަކުން ރައްޔިތުންނަކަށް މާބޮޑުފައިދާއެއް ވޭތޯ ؟ ތިބޭފުޅުން މުސާރަނަގަނީ ތިޔަގޮތަށް ހަޅޭލަވާން ތިޔަގޮޑިތަކުގައި ތިބޭންތާ ؟