ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެެއް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ.
ފުލުހުން ބުނީ، މިއަދުން ފެށިގެން ބަދަލު ގެނެސްފައިވަނީ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އިސް މަގާމުތަކަށް ކަމަށެވެ.
މިގޮތުން ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް އިސްމާޢީލް ނަވީންއެވެ. އެސިސްޓެންޓް ކޮމިނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ކުރިން ހުންނެވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ މަގާމުގައެވެ.
އޭގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަގާމަށް އަައްޔަނު ކުރައްވާފައިވާއިރު ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑަކަށް އަންޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާންއެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާން ކުރިން ހުންނެވީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައެވެ.
ފުލުހުންގެ ބައެއް މަޤާމުތަކަށް ބަދަލު ގެނެސްފައިވާކަން ހާމަކޮށްފައިވާއިރު، މާލެ ސަރަހައްދުފެ ފުލުހުންގެ އިސްވެރިޔާގެ މަޤާމުން ނަވީން ވަކިކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ގުޅުން އޮންނާތީކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ނަވީންގެ މަޤާމު ބަދަލުކުރެވުމާއި ގުޅޭގޮތުން ފުލުހުން އަދި ވަކިއެއްޗެއް ހާމަކޮށްފައެއްނުވެއެވެ.
ކޮމެންޓު ފޮނުވާ