ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް، އެ ޔުނިވާސިޓީން ވަކިކުރި މައްސަލާގައި އިންސާފު ހޯދުމަށް ވަޒީފާއާއިބެހޭ ޓްރެބިއުނަލަށް ދިއުމަށް ނިންމައިފިއެވެ.
ޑރ.އިޔާޒުވަނީ މިމައްސަލައަކީ އިންސާފުން ބޭރުން ނިންމާފައިވާ މައްސަލައެއްކަން ފާހަގަ ކުރައްވާފައެވެ. އަދި މިކަމަކީ އިންސާފު ލިބެންޖެހޭ ކަމެއްކަމަށް ގަބޫލު ކުރައްވާކަމަށާއި، މިކަމުގައި އިންސާފު ހޯދުމަށް ވަޒީފާއާއިބެހޭ ޓްރެބިއުނަލަށް ދިއުމަށް ނިންމާފައިވާކަމަށެވެ.
ޤައުމީ ޔުނިވާސިޓީގެ ވަޒީފާއިން ކުއްލި ގޮތަކަށް ޑރ.އިޔާޒު ވަކިކުރައްވާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުއެވެ. މިމައްސަލާގައި ޑރ.އިޔާޒު މީޑިއާގައި މިގަނަ ވާހަކަތަކެއް ނުދެއްކެވިނަމަވެސް، އިޔާޒު ވަނީ ނާއިސާފުގެ ކުރިމައްޗަށް އިންސާފު އިސްވެ، އިންސާފު ލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި އޭނާއާއިމެދު އަޅާފައިވާ ފިޔަވަޅަކީ ވަކި މީހެއްގެ ވައުދެއް ފުއްދެވުމަށް އަޅާފައިވާ ބޭއިންސާފު ފިޔަވަޅެއްކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
ޝައިޚު އިޔާޒު ވިދާޅުވީ އަވަސް އަރުވާލައިގެން މިދަނޑިވަޅުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މަޖިލީހުގައި އޮތް ނަފްރަތު ބިލުގެ މައްސަލާގައި ދިވެހި ރައްޔިޔުންގެ މެދުގައި އޮތް ކަންބޮޑުވުމުގެ ފޯކަސް މުޅިން އެހެން ދިމާލަކަށް އަނބުރާލުމަށް ކަމަށެވެ. ނަމަވެސް މިމަސައްކަތަކީ މިހެން އަދި ކުރެވޭ ކަމަކުން ނިންމާލެވޭނެ ކަމެއްނޫންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ. އަދި އެބިލާއި ދެކޮޅަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށްވެސް ޑރ.އިޔާޒު ވަނީ ވިދާޅުވެފައެވެ.
ޑރ. އިޔާޒް ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން އެމް.އެން.ޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފް ބައެއް މީޑީއާތަކުގައި ވިދާޅުވީ، ޑރ. އިޔާޒް ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި، ހަރުކަށި ފިކުރަށް ހިތްވަރުދޭ ގޮތަށް ކުރައްވާ ޕޯސްޓުތަކާ ގުޅިގެން ތަކުރާރުކޮށް އަނގަބަހުންނާއި ލިޔުމުން ނަސޭހަތްތެރިވެ އިންޒާރު ދިނުމުންވެސް މިމައްސަލަ ތަކުރާރުވާތީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
ކޮމެންޓު ފޮނުވާ