މުސްލިމުންނާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފް ވާހަކަ ދައްކައި، ބުހުތާނު ދޮގު ފަތުރައި އަބުރު ކަރިލުމަކީ މުނާފިގުންގެ އެންމެ މައިގަނޑު ސިފަ ކަމުގައި އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އެކި ތަންތަނުން ފައިސާ ހޯދައިގެން ސޫރިޔާއަށް ޖިހާދަށް ކަމަށް ބުނެ މީހުން ފޮނުވާކަމުގައި ބައެއް ފަރާތްތަކުން ޖަމްޢިއްޔަތުއް ސަލަފަށާއި އެ ޖަމްޢިއްޔާގައި އިސްކޮށް މަސައްކަތްކުރައްވާ އަލީ ރަމީޒަށް ވަނީ ތުހުމަތުތަކެއް ދާދިފަހުން ކޮށްފައެވެ. ނަމަވެސް އަލީ ރަމީޒު ވަނީ މިފަދަ އެއްވެސް ކަމެއްގައި ދުވަހަކުވެސް ވައިވެރިވެފައި ނުވާނެކަމަށް ވިދާޅުވެފައެވެ.
އަލީ ރަމީޒުއަކީ ދީނީ އިލްމުވެރިއަކަށް ނުވިނަމަވެސް، ދިނީ ހޭލުންތެރިކަމުގެ ޕްރޮގުރާމުތަކާއި، ދީނުގެ އަސާސްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ބޭފުޅެކެވެ. އަލީ ރަމީޒަށް ކުރާތުހުމަތު ތަކާއި ގުޅިގެން ވިދާޅުވީ މުސްލިމުންނާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަ ފެތުރުމަކީ އަބަދުވެސް މުނާފިގުންގެ އެންމެ މައިގަނޑު މަސައްކަތް ކަމުގައެވެ.
އަޚުންނޭވެ! މުސްލިމުންނާއި ބެހޭގޮތުން ބުހުތާނު ދޮގު ފަތުރައި، އެބައިމީހުންގެ އަބުރު ކަތިލުމަކީ މުނާފިގުންގެ އެންމެ މައިގަނޑު މަސައްކަތްތެވެ.
– އަލީ ރަމީޒު ވިދާޅުވިއެވެ.
Akhunneyve! Muslimunnaa behey gothun buhuthaanu dhogu fathurai, ebaimeehunge aburu kathilumakee Munaafiqunge enme maigandu masaikkatheve.
— Ali Rameez ???? (@aliramyz) July 2, 2021
ޢަލީ ރަމީޒަކީ ދިވެހިރާއްޖޭގެ ތާރީޚު ދުށް އެންމެ މަޤުބޫލު ލަވަކިޔުންތެރިޔާއެވެ. ދީނުގައި ލަވަ ކިޔުމަކީ ހުއްދަ ކަމެއް ކަމުގައި ޤަބޫލުނުކުރެއްވޭތީ ލަވަކިޔުން ހުއްޓަވައިލެއްވުމަށްފަހު އަލީގެ ވަގުތު ހޭދަކުރައްވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އެކި މަސައްކަތްތަކުގައެވެ.
ކުލަބް ހައުސް މެދުވެރިކޮށް ޖަމްޢިއްޔަތުއް ސަލަފުން ބޭއްވި ބައްދަލުވުމެއްގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ވިދާޅުވީ އޭނާއަކި ސޫރިޔާއަށް ޖިހާދަށް ކަމަށް ބުނެ މީހުން ފޮނުވައި އެކަމަށް ފައިސާ ޚަރަދުކުރާ މީހެއް ނޫންކަން އެމެރިކާ ފަދަ ޤައުމުތަކުގެ ޖާސޫސީ އިދާރާތަަކށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ