އެކްޓިވިސްޓުންލައިން ކަންކަން ރަނގަޅުނުވާނެ، ބަދަލުކޮށް ބަލިކުރަންޖެހެނީ އެމްޑީޕީ: މަލީހު

އެކްޓިވިސްޓުންލައިން ކަންކަން ރަނގަޅުނުވާނެ، ބަދަލުކޮށް ބަލިކުރަންޖެހެނީ އެމްޑީޕީ: މަލީހު

Author
މުޙައްމަދު ޝަޒައިމް
02 ޖުލައި 2021 03:01
0

މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ޤައުމަށް އޮތް އެންމެބޮޑު މައްސަލައަކީ އެމްޑީޕީކަމަށާއި، ބަދަލުކޮށް، ބަލިކުރަންވީވެސް އެމްޑީޕީ ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ދިނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމުން ވަކިކުރު ކުރުމާއި ގުޅިގެން މަލީހު ވިދާޅުވީ އެމްޑީޕީ އެކްޓިިވިސްޓުން ލައިގެން ތަންތަން ހިންގާހާ ހިނދަކު ޤައުމު ހަމަ މަގުން ނުދާނެކަމަށެވެ. ޤައުމުގެ އިސްލާމީ ވަންތަކާއި، ދިވެހިންގެ ރީތި އަހުލާގު ހިފެހެއްޓޭނީ އެމްޑީޕީ ކިބައިން މިޤައުމު ސަލާމަތް ވެގެން ކަމަށާއި، މިއަދު ހުރިހާ ރައްޔިތުންވެސް ކުރަންވި ކަމަކީ އެމްޑީޕީ ބަލިކޮށް، އެމްޑީޕީގެ ކިބައިން މިޤާއުމު ސަލާމަތް ކުރުންކަމުގައި މަލީހު ވިދާޅުވިއެވެ.

ހާމިދު ފަދަ އެމްޑީޕީ އެކްޓިވިސްޓުން ލައިގެން ޤައުމީ ޔުނިވާސިޓީ ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއި ރިވެތި އަޚުލާގުގެ މަތީގައި ހިންގިދާނެ ކަމަށް ޤަބޫލުކުރުމަކީ ޖޯކެއް. މައްސަލަޔަކީ އެމްޑީޕީ. ބަދަލުކޮށް ބަލިކުރަންޖެހެނީ އެމްޑީޕީ. އެމްޑީޕީގެ ފަލްސަފާ ދިވެހިންނާއި ބީރައްޓެހި.

– މަލީހު ވިދާޅުވިއެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން އެމް.އެން.ޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފް ވިދާޅުވީ، ޑރ. އިޔާޒް ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި، ހަރުކަށި ފިކުރަށް ހިތްވަރުދޭ ގޮތަށް ކުރައްވާ ޕޯސްޓުތަކާ ގުޅިގެން ތަކުރާރުކޮށް އަނގަބަހުންނާއި ލިޔުމުން ނަސޭހަތްތެރިވެ އިންޒާރު ދިނުމުންވެސް މިމައްސަލަ ތަކުރާރުވާތީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

ޤައުމީ ޔުނިވާސިޓީގެ ވަޒީފާއިން ކުއްލި ގޮތަކަށް ޑރ.އިޔާޒު ވަކިކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިމައްސަލާގައި ޑރ.އިޔާޒު މިޑިއާގައި މާގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް، އިޔާޒު ވަނީ ނާއިސާފުގެ ކުރިމައްޗަށް އިންސާފު އިސްވެ، އިންސާފު ލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި އޭނާއާއިމެދު އަޅާފައިވާ ފިޔަވަޅަކީ ވަކި މީހެއްގެ ވައުދެއް ފުއްދެވުމަށް އަޅާފައިވާ ބޭއިންސާފު ފިޔަވަޅެއްކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ެ ެެެޭެފާއިޒު
އަބަދުވެސް އަންނަނީ މާދަމާ އެދުވަހެއް ނުނިމޭނެ