މުވައްޒިފުންނާއިމެދު އިންސާފުން އެއްކިބާވެ، ފިޔަވަޅު އެޅުމަކީ ވެރިން ކުރާނެ އެންމެ ގޯސް ކަންތައް ކަމުގައި ދީނީ އިލްމުވެރިޔާ އަދި ޝައިޚު ޑރ.އިޔާޒުގެ ގާތް އެކުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ދިނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމުން ވަކިކުރުމާއި ގުޅިގެން އެކަން ކުއްވެރި ކުރައްވައި ޝައިޚު ޒައިދު ވިދާޅުވީ، އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ އިންސާފުން އެއްކިބާވެތިބެ ކަމަށެވެ. އެއްވެސް މުވައްޒިފަކާއިމެދު ބޭއިންސާފުން ފިޔަވަޅު އެޅުމަކީ ވެރިން ކުރާނެ އެންމެ ގޯސްކަންތައްކަމަށްވެސް ޒައިދު ވިދާޅުވިއެވެ.
އެއްވެސް ވަޒީފާއަކީ ތާއަބަދު އެވަޒީފާއެއްގައި ތިމާ އަށް ދެމިހުރެވިދާނެކަމުގެ ޔަގީންކަމެއް އޮތް އެއްޗަކަށް ނުވާއިރު، ބޭއިންސާފުން އެއްވެސް މީހަކަށް ވަޒީފާގެ ބިރުދައްކައި، ވަޒީފާއިން ވަކި ކުރުމަކީ އެކަމުގެ ދެރަ ފަހުން ކުރިމަތިވާނެ ކަންތައްތަކެއްކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
ޑރ.އިޔާޒު އާއިމެދު އަޅާފައިވަނީ އިންސާފުން އެއްކިބާވެފައިވާ ފިޔަވަޅެއް! މުވައްޒިފުންނަށް އިންސާފުން ބޭރުން ފިޔަވަޅު އެޅުމަކީ ވެރިން ކުރާނެ އެންމެ ގޯސް ކަންތައް! ވަޒީފާ އަކީ އެކަކަށްވެސް ޔަގީން އެއްޗެއްނޫން! މިއުޅެނީ ތިމާގެ ފަރާތުން އެނެކާއަށް އަނިޔާއެއް ނުލިބުން! ނޫންނަމަ ފަހުން ދެރަވާނެ.
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ޑރ. އިޔާޒް މަގާމުން ވަކިކޮށްފައި ވާއިރ،ު މިއަހަރުގެ މާޗް މަހު 14 ދުވަހަށް ޔުނިވަރސިޓީގެ މަގާމުން އިޔާޒް ސަސްޕެންޑްވެސް ކޮށްފައިވެއެވެ. ފަހުން ޑރ. އިޔާޒާގުޅޭ މައްސަލެއް އެމްއެންޔޫއިން ބަލަން ފަށާފައިވަނީ އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. މިކަމާ ގުޅިގެން އޭނާގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ބަލަންފަށާފަ އެވެ.
ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރ/ސީނިއާ ލެކްޗަރާއެކެވެ.
ކޮމެންޓު ފޮނުވާ