ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ސޮއިކުރަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.
ރާމޯސް، ޕީއެސްޖީ އަށް ބަދަލުވާން ނިންމީ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ޓީމަކަށް ނޫނެކޭ ބުނެފަ. ރިޕޯޓްތައް ބުނާގޮތުން އޭގެ ތެެރެއިން އެއް ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑް. ރާމޯސް ރެއާލް ދޫކޮށް ޕީއެސްޖީއާ ގުޅޭނީ ހިލޭ ޓްރާންސްފާއެއްގަ.
އަދި އެ ޓީމާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ވަނީ ނިންމައިފަ. ޕީއެސްޖީގެ ނިންމުމަކީ އަހަރަކު 15 މިލިއަން ޑޮލަރު ލިބޭ ގޮތަށް ރާމޯސް އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދިނުމެ. ރެއާލުން ރާމޯސް އެ ޓީމުގައި މަޑުކުރަން ފުރަތަމަ ހުށަހެޅީ 10 މިލިއަން ޑޮލަރު ލިބޭ ގޮތަށް އެއް އަހަރަށް ކޮންޓްރެކްޓް.
ރާމޯސް ރެއާލަށް ބަދަލުވީ ސެވިއްޔާ ދޫކޮށް 2005 ވަނަ އަހަރު. ރެއާލުން އޭނާގެ ސޮއި ހޯދީ 27 މިލިއަން ޔޫރޯ ދައްކާފަ.
ކޮމެންޓު ފޮނުވާ