ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހަކު 32 އަހަރަށް ޖަލަށް

ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހަކު 32 އަހަރަށް ޖަލަށް

Author
ޢަލީ އާދަމް
02 ޖުލައި 2021 06:06
0

ދޮންދަރިއަށް ޖިންސީ ގޯނާކުރިކަން ސާބިތުވި އުމުރުން 52 އަހަރުގެ މީހެއް 32 އަހަރަށް ޖަލަށްލާން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

މިމައްސަލާގައި ހުކުމްކޮށްފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ ޢަބްދުﷲ ޢަލީ މޫސާގެެ މައްޗަށެވެ. އޭނާގެ މައްޗަށް ޖުމްލަ 4 ދަޢުވާއެއް ވަނީ ސާބިތުވެފައެވެ.

މި މައްސަލާގައި ދައުލަތުން ޢަބްދުﷲ އަލީ މޫސާގެ މައްޗަށް އުފުލީ މީހަކު، ކުޑަކުއްޖަކަށް އެމީހެއްގެ ޖިންސީ ގުނަވަނެއްކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

އަދި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފަ އެވެ.

މި ހަތަރު ދަޢުވާ އޭނާގެ މައްޗަށް ސާބިތުވީ ނަމަވެސް ޝަރީީއަތުގައި އޭނާ ވަނީ މިކަމަށް އިންކާރު ކޮށްފައެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެ، 32 އަހަރާއި 1 މަހާއި 27 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

މި ހުކުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ އެ މައްސަލާގައި ދައުލަތުގެ ފަރާތުން މަސައްކަތް ކުރެއްވި ވަކީލުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޝަމީމް ވިދާޅުވީ މި މައްސަލާގައި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރެވުނީ ރަނގަޅު މަސައްކަތްތަކެއް ކަމާއި މިކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.