ގއ.ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހަކު ނިޔާވެއްޖެ

ގއ.ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
01 ޖުލައި 2021 10:06
0

ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ގއ.ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންއައި ޢުމުރުން 81 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ ރާއްޖޭޣައި ކޯވީޑް ބަލީގައި ނިޔާވި 212 ވަނަ މީހާއެވެ.

ރޭވެސް ވަނީ ކޯވިޑްގައި މީހަކު ނިޔާވެފައެވެ. އެއީ ދިވެހިރާއްޖޭގެ ކުރީގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން ހ. އެއްގަމުގޭ އަންނަބީލާ ޖަމީލާ އިބްރާހިމް ދީދީއެވެ.

ގއ.ވިލިގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހަކު ނިޔާވެފައިވާއިރު، މިދިޔަ މެއި މަހުގެ 27ގައިވެސް އެ ފެސިލިޓީގަިއ ފަރުވާދެމުންއައި މީހަކު ނިޔާވެފައިވެއެވެ.

ރާއްޖޭގައި މިހާރު ވަނީ ކޯވިޑް ޖެހޭ މީހުންގެ ޢަދަދު ދަށްވެފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ ޢަދަދުވެސް ވަނީ ރެކޯޑް ޢަދަދަކަށް ދަށްވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވި138 މީހުގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 13 މީހަކާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި105 މީހުން ހިމެނެއެވެ. އަދި ރިސޯޓްތަލުން ޕޮޒިޓިވްވި 7 މީހަކާއި، ތަރައްޤީކުރަމުން އަންނަ ރަށްރަށުން ޕޮޒިޓިވްވި 13 މީހަކުވެސް ހިމެނެއެވެ.

މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 28 މީހަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.