"ތޫފާން" އަންނަމަހު 16ގައި ޕްރިމިއާކުރަނީ، ޓްރެއިލާ ދައްކާލައިފި

"ތޫފާން" އަންނަމަހު 16ގައި ޕްރިމިއާކުރަނީ، ޓްރެއިލާ ދައްކާލައިފި

Author
ޢަލީ އާދަމް
30 ޖޫން 2021 08:19
0

އަންނަ މަހުގެ 16 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯއިން ޕްރިމިއާކުރަން ނިންމައި، ފަރުހާން އަޚްތަރުގެ ފިލްމު "ތޫފާން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އެންމެ ފަހުން މެއި މަހުގެ 12 ވަނަ ދުވަހު އަޅުވަން ނިންމައި، އިންޑިއާގައި ކޯވިޑް ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާގުޅިގެން ފަސްކޮށްފައިވާ "ތޫފާން" އަކީ ބޮކްސިންތެޅުންތެރިއެއްގެ ވާހަކަ ގެނެސްދޭ ސްޕޯޓްސް ޑްރާމާއެކެވެ.

އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2013 ވަނަ އަހަރުގެ "ބާގް މިލްކާ ބާގް" އަށް ފަހު މެހެރާ އާއި ފަރުހާން އެކުގައި މަސައްކަތްކުރި ފުރަތަމަ ޕްރޮޖެކްޓެވެ.

އޯމް ޕްރަކާޝް ބުނިގޮތުގައި "ތޫފާން" އަކީ އޭނާގެ މީގެ ކުރީގެ ކާމިޔާބު 2 ފިލްމު ކަމަށްވާ "ރަނގްދޭ ބަސަންތީ" އާއި "ބާގް މިލްކާ ބާގް"ގެ މިކްސް އެކެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

"ތޫފާން" އިން ފަރްހާންގެ އިތުރުން މުރްނާލް ޓާކޫރާއި ޕަރޭޝް ރާވަލް ވެސް ފެނިގެންދާނެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބެލުންތެރިންނާހަމައަށް ގެނައުމަށް ފުރަތަމަ މަސައްކަތްކުރި ފިލްމެކެވެ.

ފަރްހާންގެ "ބާގް މިލްކާ ބާގް" ކަހަލަ މޮޅު އަދި ޝައުގުވެރި ފިލްމަކަށް މި ފިލްމުވެސް ވެގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ. "ތޫފާން" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ވެސް މެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.