މި މަހުގެ 26 ވަނަ ދުވަހު ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގެ މަޢުލޫމާތު އެނގޭ ފަރާތްތަކުން އެކަން ފުލުހުންނާ ހިއްސާކުރުމަށް އެދިއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައި ޏ. ފުވައްމުލަކު ދިގުވާނޑު އަވަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ނަރުދަމާ ޕަންޕު ސްޓޭޝަން ކުރިމަތިން، މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގައި ހިނގި މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވޭތޯ ބަލަން ބޭނުންވާކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.
އެހެންކަމުން މި މާރާމާރީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ނުވަތަ މަންޒަރު ދުށް ފަރާތެއް ވާނަމަ، ނުވަތަ އެ މާރާމާރީއާ ގުޅޭ ފޮޓޯ، ވީޑިއޯ ހުރި ފަރާތެއް ވާނަމަ، ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ