ޖުލައި މަހުން ފެށިގެން ހަރުކަށި ފިޔަވަޅު ތަކަށް ލުއިދޭން ނިންމައިފި

ޖުލައި މަހުން ފެށިގެން ހަރުކަށި ފިޔަވަޅު ތަކަށް ލުއިދޭން ނިންމައިފި

Author
ޢަލީ އާދަމް
29 ޖޫން 2021 04:18
0

ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމަވައިފި އެވެ.

އޭޕްރިލް މަހާއި މެއި މަހު މާލެ ސަރަހައްދުގައި ކޯވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމާއި ގުޅިގެން މެއި މަހުގެ 26 ވަނަ ދުވަހު ވަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ގިނަ ވަގުތެއްގައި ކާފިއު ހިންގަން ފަށައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށް، ކެފޭ ރެސްޓޯރެންޓް ތަކުގައި ކޭންބުއިމުގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ. އަދި ކާފިއު ވަގުތުގައި ނޫން ވަތުތަކުގައިވެސް މަގުމައްޗަށް ނުކުމެވޭނީ ހާއްސަ ހުއްދަ އޮންނަ ފަރާތްތަކަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލުއިތަށް ދޭނެކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސްކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސް ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން ދިނުމަށް ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ކާފިއުގަޑި ރޭގަނޑު 8 އިން ފަތިހު 4 އަށް ކުރު ކުރުމާއި، ކާފިއު ވަގުތުގައި ނޫން ވަތުތަކުގައި އާންމުކޮށް ބޭރަށް ނުކުމެ އުޅެވޭނެ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ކާފިއު ވަގުތު ނޫން ވަގުތުތަކުގައި އެޗްޕީއޭއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކެފޭ ރެސްޓޯރެންޑްތަކުން ޑައިން އިން ޚިދުމަތް ދިނުމުގެ ފުރުސަތު ދިނުމާއި މިސްކިތްތަކުގައި ގައި ދުރުކޮށް ޖަމާޢަތް ހެދުމަށް ހުއްދަ ދިނުމަށް ނިންމަވާފައި ވާކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި، ހާއްސަކޮށް މާލޭ ސަރަހައްދުގައި ކޯވިޑް ފެތުރެމުންދިޔަ މިންވަރު އިތުރުވުމާގުޅިގެން މެއި މަހު ހަރުކަށިކުރި ފިޔަވަޅުތަކާއި އެކު ބަލި ފެތުރޭ މިންވަރާއި ބަލިޖެހިގެން ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތު
އެހެންވިއްޔާ ވެކްސިން ނުޖަހާ ކޮވިޑް ޖެހެންތާ ވީ..؟! ދެޑޯޒް ޖަހާ 14 ދުވަސް ހަމަކުރި މީހުންނަށް މިލިބުނީ މުޅިން ކޮޅުކެހި ވިއްޔަ..! ވެކްސިން ޖައްސުވަން ވެގެން ހެދިހާ ދޮގުތައް ކޮބާ..؟!