ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބިކަވާ ހިސާބުން ފަގީރުން އިތުރަށް ފަގީރުވެ، ވައްކަމާ ފޭރުން އިތުރަުވާނެކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުން ވަނީ ކެފޭ ރެސްޓޯރަންޓްތަކުން ޚިދުމަތް ދިނުން މަނާކޮށްފައެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓްތަކުގެ އެތެރޭގައި ތިބެގެން ޚިދުމަތް ދިނުން ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެ، ބައެއް ޚިދުމަތްތައް އަލުން ފެށިނަމަވެސް ކެފޭ ރެސްޓޯރަންޓްތައް އަދިވެސް ހުޅުވާކަށް ހުއްދައެއް ނުދެއެވެ. މިއާއެކު އެތަންތަނުގެ ވިޔަފާރި ރަށްވެ، ބޮޑެތި ކަންބޮޑުވުންތަކެއް އެފަރާތްތަކުން ދަނީ އުފުލަމުންނެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދައިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބިކަވާ ހިސާބުން ފަގީރުން އިތުރަށް ފަގީރުވެ ވައްކަމާ ފޭރުން އިތުރަުވާނެކަމަށެވެ. މިހާލަތުގައި މިސްކީނުންނާ ޔަތީމުން ދެނެގަނެ ލިސްޓު އެކުލަވާލަން މަތިކޮށްފައިވާ ވުޒާރާ އިން މިވަގުތު އެންމެ އިސްކަންދޭ ކަމަށް ބެލެވެނީ ކުރަފަތް ޖެހުމަށް ކަމަށް ވިދާޅުވެ ސަރުކާރާއި، އިސްލާމިކް މިނިސްޓްރީއަށް ބޮންޑެ ފާޑުވިދާޅުވިއެވެ.
ކުދިއަދި މެދުފަންތީގެ ވިޔަފާރިތައް ބިކަވާ ހިސާބުން ފަގީރުން އިތުރަށް ފަގީރުވެ ވައްކަމާ ފޭރުން އިތުރަުވާނެއެވެ. މިހާލަތުގައި މިސްކީނުންނާ ޔަތީމުން ދެނެގަނެ ލިސްޓު އެކުލަވާލަން މަތިކޮށްފައިވާ ވުޒާރާ އިން މިވަގުތު އެންމެ އިސްކަންދޭ ކަމަށް ބެލެވެނީ ކުރަފަތް ޖެހުމަށެވެ.!
– މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
ބޮންޑެ މިހެން ވިދާޅުވެފައިވާއިރު، ކޯވީޑާއި ގުޅިގެން ޚިދުމަތް މެދުކަނޑާލާފައި އޮތުމުން ގެއްލުން ވާކަމަށް ބުނެ އެތަންތަނުގެ ވެރިން އަންނަނީ ކަންބޮޑުން ފާޅުކުރަމުންނެވެ. އަދި ކެފޭ ރެސްޓޯރެންޓް ވިޔަފާރިތަކުން އާމްދަނީ ހޯދައިގެން އުޅުނު އެތައް އާއިލާތަކެއް މި ވަގުތު މަގުމަތިވެ، ހަދާނެ ގޮތް ހުސްވެފައި ތިބިކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ