ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފުއްދައި ނުދެވުނުމަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މުހިންމީ ނާޤާބިލު މީހުން މަޤާމުތަކަށް އައްޔަންކޮށް، އެމީހުންނަށް ބޮޑު މުސާރަ ދިނުންކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުއްދައި ނުދެވުނުނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މުހިންމީ އަރިހުގައި ތިބި ނާޤާބިލް މީހުންނާއި އެމީހުންގެ އާއިލާތަކަށް ޓެކްސް ފައިސާއިން ބޮޑު މުސާރަދިނުންކަމަށެވެ. އިތުރަށް ގެނެވުނު ޚިދުމަތެއް، އާމްދަނީއެއް ނެތްކަމަށާއި، ޙާލަތުގެ ނާޒުކުކަން ވަޒަންނުކުރެއްވޭތީ ޙައިރާންވެ ވަޑައިގަންނަވާކަމަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުއްދައިނުދެވުނަސް ރ. @ibusolih އަށް މުހިންމީ އަރިހުގައި ތިބި ނާޤާބިލް މީހުންނާއި އެމީހުންގެ އާއިލާތަކަށް ޓެކްސް ފައިސާއިން ބޮޑު މުސާރަދިނުން. އިތުރަށް ގެނެވުނު ޚިދުމަތެއް، އާމްދަނީއެއް ނެތް. ޙާލަތުގެ ނާޒުކުކަން ވަޒަންނުކުރެއްވޭތީ ޙައިރާންވޭ. pic.twitter.com/HhUVUdR4La
— Mohamed Jameel Ahmed (@MJameelAhmed) June 29, 2021
ޑރ.ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ކޯވީޑް-19އާއި ގުޅިގެން ސަރުކާރުން ބޮޑު ޚަރަދެއްކޮށްފައިވާކަމަށް ބުނާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ކުރެވުނު ހަރުދަނާ ކަމެއް ނެތްކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި ކޯވީޑާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް އިތުރުވެފައިވާއިރު، ބައެއް ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ފައިސާދޭ މައްސަލާގައިވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.
ދައުލަތުގެ ޚަރަދުތައް ބޮޑުވެފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އިއްޔެވެސް ސްޓޭޓް މިނިސްޓަރުންގެ މަޤާމަށް ދެ ބޭފުޅަކު އައްޔަންކުރައްވާފައެވެ. މިސަރުކާރުގައި ސިޔާސީ މަޤާމުތައް ދަށްކުރައްވާނެކަމުގެ ވަޢުދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާއިރުވެސް، ކުރީ ސަރުކާރުތަކަށްވުރެ މި ސަރުކާރުގައި ސިޔާސީ މަޤާމުތައް އިތުރުކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ