ތިން ދުވަސް ފަހުން ކޯވިޑްގައި މީހަކު ނިޔާވެއްޖެ

ތިން ދުވަސް ފަހުން ކޯވިޑްގައި މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
29 ޖޫން 2021 11:23
0

ތިން ދުވަސް ފަހުން ކޯވިޑްގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަިއ ދަރުވާދެމުން އައި ޢުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖޭގައި ކޯވިޑް ބަލީގައި ނިޔާވި 210ވަނަ މީހާއެވެ.

އެންމެ ފަހުން ރާއްޖެއިން ކޯވިޑްގައި މީހަކު ނިޔާވެފައިވަނީ މީގެ ތިން ދުވަސްކުރިން ދިއްދޫއިންނެވެ. ދިއްދޫއިން ނިޔާވެފައިވަނީ ބިދޭސީއެކެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށާފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައިވަނީ، 155 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 28 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 70 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 31 މީހުންނާއި ތަރައްގީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 26 މީހުންނެވެ.

އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ހުރީ 3،883 ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 27 މީހަކަށެވެ.

ކޯވިޑްގައި މިހާތަނަށް ނިޔާވި 210 މީހުންގެ ތެރޭގައި ހިމެނެނީ، ހިމެނެނީ 192 ދިވެހިންނާ 18 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.