ކްރިސްޓަލް ޕެލަސްގެ ކޯޗް ކަމާ ހަވާލުވާން އެއްބަސްވުމަށް ފަހު، ބޮރޫޝިއާ ޑޯޓްމަންޑުގެ ކުރީގެ ކޯޗު ލޫސިއަން ފާވް ފަހު ވަގުތު ނަން އަނބުރާ ގެންގޮސްފިއެވެ.
ޕެލަސް އަށް އޭނާ އަންގާފައިވަނީ ފުޓްބޯޅައާ ދުރުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ދިގު ބްރޭކެއް ނަގަން އޭނާ ބޭނުންވާ ކަމަށެވެ. އިނގިރޭސި މީޑިޔާތަކުން ބުނިގޮތުގައި ދިގު ބްރޭކެއް ނަގަން ފާވް ބޭނުންވީ އެހެން ލީގުތަކާއި ގައުމުތަކުގައި އަނެއްކާ ވެސް ދިގު މުއްދަތަކަށް އުޅެން އިތުރު ހަކަތަ ބޭނުންވަތީއެވެ.
ސްވިޒަލޭންޑްގެ ކޯޗާ އެކު ޕެލަސް އިން ދެއްކި ވާހަކަތައް ކާމިޔާބަކާ ހަމައަށް ދިޔައެވެ. އަދި އޭނާއާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ވެސް އޮތީ ތައްޔާރުވެފައެވެ. ޕެލަސް އިން ވެސް އުންމީދުކޮށްގެން ތިބީ މި ހަފުތާ ނިމުމުގެ ކުރިން އެކަން އިއުލާން ކުރުމަށެވެ. ޑިސެމްބަރު މަހު ޑޯޓްމަންޑުގެ ކޯޗް ކަމުން ވަކި ކުރި ފަހުން، ފާވް ހުރީ ވަޒީފާއެއް ނެތި ހުސްކޮށެވެ.
ކޮމެންޓު ފޮނުވާ