އައިޖީއެމްއެޗާއި ދިމާ މޫދުގައި މަރުވެފައި އޮއްވާފެނު މީހާގެ މަރަކީ ޤުދުރަތީމަރެއްކަން ކަށަވަރު ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އައިޖީއެމްއެޗާއި ދިމާ ބޭރުން މޫދުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:40 ހާއިރު ލިބިފައިވާކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އެމީހާގެ ހަށިގަނޑު އެވަގުތު ފުލުހުންވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
މިމީހާގެ މަރާއި ގުޅޭގޮތުން ފުލުހުން މިރޭ ވިދާޅުވީ މިމަރަކީ ޤުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ބަަލަމުންދާކަމަށެވެ. އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު ހަށިގަނޑުވަނީ މޯޗަރީގައި ބާއްވާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މޫދުގައި މަރުވެފައި ވަނިކޮށް މިއަދު ފެނުނު މިމީހާ ނެގި އިރުވެސް އެކި ވަރުގެ އަނިޔާތަކެއް ދީފައިވާކަމަށް މައުލޫމާތުލިބިފައިވެއެވެ. އެގޮތުން އެމީހާގެ ލޯކައިރިއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވުމާއި، އަތުގެ ތިން އިގިއްޔެއްވެސް ބުރިކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ