އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް ކާޅުތަކުގެ ކިބައިން ދޮންދީނިތައް ސަލާމަތްވުން: ރޮޒޭނާ

އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް ކާޅުތަކުގެ ކިބައިން ދޮންދީނިތައް ސަލާމަތްވުން: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
23 އޮކްޓޯބަރ 2020 08:16
0

ވީހާވެސް އަވަހަކަށް ކާޅުތަކުގެ ކިބައިން ދޮންދީތައް ސަލާމާތް ވުމަކީ ވަރަށް ބޮޑު އުންމީދެއް ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

މާދަމާ ނޫނީ އޭގެ އަނެއް ދުވަހު އައްޑޫ މީދޫގައި ކާޅު ނައްތާލުމަށް އެމްއެންޑީއެފްއިން މަސައްކަތް ފަށާނެކަން ހާމަކުރައްވާ ރޮޒޭނާ ވިދާޅުވީ ދޮންދީނިއަކީ ހިމާޔަތް ކުރެވިފާ ދޫންޏަކަށްވާއިރު، އެދޫނިތައް ކާޅުތަކުގެ ކިބައިން ވީހާވެސް އަވަހަކަށް ސަލާމަތް ވުމަކީ ކުރާ ވަރަށްބޮޑު އުންމީދެއްކަމަށެވެ. މިކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ދެއްވާ އެއްބާރުލުމަށް ރޮޒޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ ކާޅުތައް ގިނަވެ ދޮންދީނިތަކަށް ނުރައްކާވާތީ އެކަމުުގެ ކަންބޮޑުވުން ފާޅުކޮށް މިކަމުގައި އަވަސް ހައްލުތަކެއް ހޯދައި ދިނުމަށް ކަމާއިބެހޭ ފަރާތްތަކުގައި ދަނަންވާފައެވެ. މިގޮތުން ފިޝަރީޒް މިނިސްޓްރީ އާއި އީޕީއޭއަށްވެސް މިކަމުގެ ކަންބޮޑުވުން ވަނީ ހުށަހަޅާފައެވެ.

އައްޑޫގައި މިފަހަކަށް އައިސް ކާޅުތައް އާލާވެ، ދޮންދީނި ތަކަށް ހަމަލާ ދޭ މަންޒަރު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ޝެއާކޮށް، ދަނީ ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

ދޮންދީނި އަކީ ރާއްޖޭގައި ހިފައި ގެންގުޅުން މަނާ އަދި ޙިމާޔަތް ކޮށްފައިވާ ދޫންޏެކެވެ. ނަމަވެސް ފަހަކަށް އައިސް އައްޑޫއިން ދޮންދީނި ފެންނަ މިންވަރު މަދު ވެފައިވާ ކަން ބައެއް ފަރާތްތަކުން ދަނީ ފާހަގަ ކޮށް، ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.